ކެނެޑާ ބަޓަރު މާ ހަރު، މިވަނީ ކިހިނެއް؟

ކެނެޑާ މީހުން ބުނަނީ އެގައުމުގެ ބަޓަރު މާ ހަރުކަމަށް--

މިފަހުން ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ކެނެޑާ ރައްޔިތުން ރުޅިގަދަވެ ނުރުހުން ފާޅުކުރަމުން ދާ އެއް ކަމަކީ އެ ގައުމުގައި އުފައްދާ ބަޓަރު މާ ހަރުވުމެވެ. ކުރީންނަމަ އާންމު ފިނިހޫނު މިނުގައި ދިޔާވެފައި ހުންނަ ބަޓަރު މިހާރު ކިތަންމެ އިރެއްވިޔަސް މަޑުނުވުމެވެ.

މި ޒުވާބެއް ބޮޑުވެ ކެނެޑާގެ ކަމާއިބެހޭ ވުޒާރާތަކާއި ހަމައަށްވެސް މި ޝަކުވާތައް ހިނގައްޖެ އެވެ. ކަމުގެ މާހިރުން ބުނާގޮތުން މިފަހުން އުފައްދާ ބަޓަރު މާ ހަރުވެގެން އުޅެނީ ބަޓަރު ހެދުމަށް ބޭނުންވާ ކިރު ފޯރުކޮށްދޭ ގެރިތަކަށް ޕާމް އޮއިލް ދޭތީ އެވެ.

ޕާމް އޮއިލް އަކީ ބުނެވޭގޮތުގައި ގެރިތަކުގެ ކިރު އުފައްދާ މިންވަރު އިތުރުކޮށްދޭ އެއްޗެކެވެ.

މިފަހުން ލިބޭ ބަޓަރު މާ ފެންވެފައި ރަބަރު ގޮތެއް ހުންނަކަމަށްވެސް ގިނަ ބަޔަކު ބުނާއިރު މިކަމާ ކޮވިޑް ލޮކްޑައުންއާއިވެސް އޮތީ ވަރަށް ބޮޑަށް ގުޅިފަ އެވެ.

ކެނެޑާގެ ބައެއް މީޑިއާތަކުގައި ޝާއިރުކޮށްފައިވާ ގޮތުގައި، ޕާމް އޮއިލް ބޭނުންކުރަން ފަށާފައިވަނީ ލޮކްޑައުންއާއި ހެދި ބަޓަރުގެ ޑިމާންޑް މާބޮޑަށް އިތުރުވުމުންނެވެ. މިގޮތުން މިދިޔަ އަހަރު ބަޓަރުގެ ޑިމާންޑް 12 ޕަސެންޓް އިތުރުވެފައިވާކަމަށް ބެލެވެ އެވެ.

ޕާމް އޮއިލް ބޭސްޑް އެނާޖީ ސަޕްލިމެންޓްތައް ގެރިތަކަށް ދިނުމަކީ މީގެ ކުރިންވެސް ކުރަމުން އައި ކަމެކެވެ.

ޕާމް އޮއިލްއާ ގުޅޭގޮތުން މާ ބޮޑެތި ދިރާސާތަކެއް މިހާތަނަށް ހެދިފައިނުވި ނަމަވެސް މިހާތަނަށް ހޯދިފައިވާ މައުލޫމާތު ތަކުގެ އަލީގައި، މި ބާވަތް ބޭނުންކޮށްގެން ތައްޔާރުކުރާ ބަޓަރު މަޑުވާނީ މާ ގަދަ ހޫނުގަ އެވެ. އަދި ޕާމް އޮއިލްގެ ސަބަބުން ހިތުގެ މައްސަލަތައް ޖެހުމަށް މަގުފަހިވާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.

ބަޓަރު މާ ހަރުވާތީ ގިނަ ބަޔަކު މިވަނީ މިކަމާއި ވަރަށް ބޮޑަށްވެސް ރުޅިގަދަވެފަ އެވެ.

comment ކޮމެންޓް