ރާއްޖެއަށް ސްޕޮޓިފައި ދޫކޮށްފި, މަހަކު 77 ރުފިޔާ

މަޝްހޫރު މިއުޒިކް ސްޓްރީމިންގް ޕްލެޓްފޯމް ސްޕޮޓިފައިގެ ހިދުމަތް ރާއްޖޭއަށް އެންމެ ފަހުން ދޫކޮށްފި އެވެ. މިއަދުން ފެށިގެން ރާއްޖޭގައި ހުރެގެން ސްޕޮޓިފައި ޕްރީމިއަމް ހިދުމަތަށް ސަބްސްކްރައިބް ކުރެވޭނެ އެވެ.

ސްޕޮޓިފައި އިން ރާއްޖެއަށް ޕްރީމިއަމް ސަބްސްކްރިޕްޝަން ދޫކުރާ އަގަކީ މަހަކު 4.99 ޑޮލަރު ނުވަތަ 76.83 ރުފިޔާ އެވެ.

އެންމެ މަގުބޫލު މިއުޒިކް ސްޓްރީމިން ޕްލެޓްފޯމު ސްޕޮޓިފައި ބޭނުންކުރާ މީހުންގެ އަދަދު 345 މިިލިއަނަށް އަރާއިރު ޕްރިމިއަމް ސަބްސްކްރައިބަރުންގެ އަދަދު 155މިލިއަނަށް އަރަ އެވެ.

ސްޕޮޓިފައިގެ ހިދުމަތް އިތުުރު 80 ގައުމަކަށް ފުޅާކުރަން ނިންމައި އެކަން އިއުލާނު ކުރީ މިދިޔަ ހަފްތާ އެވެ. އަލަށް ހިދުމަތް ދޭ މާކެޓުތަކާއެކު ބިލިއަނަކަށް ވުރެ ގިނަ މީހުންނަށް ސްޕޮޓިފައިގެ ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

އަލަށް ހިދުމަތް ދިން ގައުމުތަކުގެ ތެރޭ ރާއްޖެ އާއި ލަންކާގެ އިތުރުން ޕާކިސްތާނާއި ބަންގްލަދޭޝް ހިމެނެ އެވެ.

މީގެ އިތުރުން އެފްރިކާ، ކެރެބިއަން، ޔޫރަޕް އަދި އެޝިއާ އާއި ލެޓިން އެމެރިކާގެ ގިނަ ގައުމުތަކަށް އަލަށް މި ހިދުމަތް ދޫކުރަން ވަނީ ފަށައިފަ އެވެ.

އެކި ޖޯންރާ ތަކުގެ ލަވަ އާއި މިއުޒިކްގެ އިތުރުން ޕޮޑްކާސްޓު އަޑުއެހުމަށް ބޭނުންކުރާ ސްޕޮޓިފައިގެ ހިދުމަތް ބޭނުންކުރާ ދިވެހި އާޓިސްޓުން ވެސް އެބަތިއްބެވެ.

comment ކޮމެންޓް