ކަސްޓްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުއާވި ނައްތާލައިފި

ކަސްޓަމްސްއިން ފެބްރުއަރީ 18ވަނަ ދުވަހު ނައްތާލި ގިނަ އަދަދެއްގެ ބަނގުއާވި-- ފޮޓޯ/ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުއާވި ނައްތާލައިފި އެވެ.

ކަސްޓަމްސްއިން ބުނީ ކ. ތިލަފުށި ސައިޓުގައި އެތަކެތި ނައްތާލާފައިވަނީ ފެބްރުއަރީ 18 ވަނަ ދުވަހު ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި ކަމަށެވެ.

އެގޮތުން ނައްތާލި ބަނގުއާވީގެ އަދަދަކީ 1800 އެވެ. އެއީ 75 ކޭސް (ކޭހެއްގައި 24 ދަޅު) އެވެ.

ކަސްޓަމްސްއިން ފެބްރުއަރީ 18ވަނަ ދުވަހު ނައްތާލި ގިނަ އަދަދެއްގެ ބަނގުއާވި-- ފޮޓޯ/ކަސްޓަމްސް

ކަސްޓަމްސްއިން ބުނީ އެތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން އެކަށައަޅާފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާ ތަކެތި ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލި ތަކެތި ކަމަށެވެ.

comment ކޮމެންޓް