ރާއްޖޭގައި ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން ދިޔަ އުމުރުން 63 އަހަރުގެ އަންހެނަކު މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.
ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް މިފަހަރު މަރުވީ ރ. މަޑުއްވަރީއަށް ނިސްބަތްވާ މީހެކެވެ. އޭނާ މަރުވީ ރޭގެ ވަގުތެއްގަ އެވެ.
މިއީ ރާއްޖޭގައި މި ބަލި ޖެހިގެން މަރުވި 59 ވަނަ މީހާ އެވެ.
ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ޖުމްލަ 18،467 އަށް އަރާފައިވާ އިރު މިވަގުތު 2،446 މީހަކަށް ދަނީ ބައްޔަށް ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 159 މީހުން ތިބީ ހޮސްޕިޓަލުގަ އެވެ. ބަލީގައި މަރުވި މީހުންގެ ޖުމްލަ 59 އަށް އަރާފައިވާ އިރު 15،965 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.