"މިޝަން އިމްޕޮސިބަލް 8" ގެ ޝޫޓިން ފަސްކޮށްފި

މަޝްހޫރު ބަތަލާ ޓޮމް ކްރުއިސް --

ހޮލީވުޑްގެ ކާމިޔާބު ފްރެންޗައިޒް "މިޝަން އިމްޕޮސިބަލް"ގެ އަށް ވަނަ ބައިގެ ޝޫޓިން ފަސްކޮށްފި އެވެ.

ކާމިޔާބު އެކްޓަރު ޓޮމް ކްރުއިސް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ހަތް ވަނަ ބައިގެ ޝޫޓިން ދާދިފަހުން ޓޮމް ވަނީ ނިންމާލާފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު އެ ފިލްމުގެ ހަތްވަނަ ބައިގެ ޝޫޓިން ފެށިއިރު ފިލްލުގެ އަށްވަނަ ބައިގެ ޝޫޓިން ކުރިއަށް ގެންދަން ކުރިން އޮތީ އެ ފިލްމުގެ ޝޫޓިން ނިންމާލުމަށްފަހު އެވެ.

ނަމަވެސް ޓޮމް އަތުގައި މިވަގުތު އެހެން ފިލްމުތަކެއް ހުރުމާއެކު އެ ފިލްމުތަކަށް ވަގުތު ދިނުމަށް މިޝަން އިމްޕޮސިބަލް 8 ގެ ޝޫޓިން ފަސްކޮށްލީ އެވެ. ފިލްމުގެ ހަތްވަނަ ބައި މިއަހަރުގެ ނޮވެމްބަރު 19 ގައި ރިލީޒްކުރަން ނިންމާފައިވާއިރު އަށްވަނަ ބައި ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހު އެވެ.

މިޝަން އިމްޕޮސިބަލްގެ ހަވަނަ ބައިގައި ރެބެކާ، ސައިމަން ޕެގް އަދި ހެންރީ ހަރަކާތްތެރިވެފައިވެ އެވެ.

comment ކޮމެންޓް