ފުރަން ދިޔަ ބަންގްލަދޭޝް މީހެއްގެ އަތުން އެއް މިލިއަން ރުފިޔާ ހިފަހައްޓައިފި

ޑިކްލެއާ ނުކޮށް ބޭރުކުރަން އުޅުނު ފައިސާ -- ފޮޓޯ: ކަސްޓަމްސް

ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު މިލިއަނަކަށް ވުރެ ގިނަ ފައިސާ ހިފަހައްޓައިފި އެވެ.

ކަސްޓަމްސް އިން ބުނީ ކަސްޓަމްސްގައި ޑިކްލެއާ ނުކޮށް ރާއްޖެއިން ބޭރުުކުރަން އުޅުނު ފައިސާ ހިފަހައްޓާފައިވަނީ 34 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުން ކަމަށެވެ.

އެގޮތުން މިމަހުގެ 12 ވަނަ ދުވަހު ހެނދުނު 7:30 ގައި ބަންގްލަދޭޝްގެ ޑާކާ އަށް ފުރަން އޮތް މޯލްޑިވިއަންގެ ކިޔުޓޫ 502 އިން ފުރުމަށް އެއާޕޯޓަށް ދިޔަ މީހާގެ އަތުން އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އޭނާ އަތުން އަތުލައިގަތް ފައިސާ އަކީ ކަސްޓަމްސް އަށް ރިޕޯޓު ނުކުރާ ފައިސާ ކަމަށާއި އޭނާ އަތުން 1.148 މިލިއަން ރުފޔާ އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މަނީ ލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެެ ދަށުން 10،000 ޑޮލަރުން ފެށިގެން މަތީ އަދަދަކަށް ފައިސާ ރާއްޖެއިން ބޭރުކުރާ ނުވަތަ އެތެރެކުރާ ނަމަ ކަސްޓަމްސްއަށް ޑިކްލެއާ ކުރަން ޖެހެ އެވެ.

ކަސްޓަމްސް އިން ބުނީ ޑިކްލެއާ ނުކޮށް ފައިސާ ބޭރުކުރަން އުޅުނު މައްސަލަ މިހާރު ފުލުހުން ބަލަމުންދާ ކަމަށެވެ.

comment ކޮމެންޓް