72 ކިލޯގެ ޑްރަގް މައްސަލާގައި 13 މީހަކަށް ދައުވާ ކޮށްފި

އޮކްޓޫބަރ 8، 2020: އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 324 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުން: މަސްތުވާތަކެތި ނައްތާލާފައިވަނީ މީޑިއާތަކުގެ ހާޒިރުގައި ދޫނިދޫގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދޯންޏެއްގައި 72 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ޓްރެފިކް ކުރި ކަމުގެ ތުހުމަތުގައި 13 މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ބުނީ އެމައްސަލައަކީ މިދިއަ އަހަރުގެ ޑިސެމްބަރު އަށްވަނަ ދުވަހު ސ.ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަޤިއްޔުއާއި، ރ. އިނގުރައިދޫ، އެލެސްކާ، މުހައްމަދު ވިސާމް އިސްވެ ހުރެ "މަސްޖަރީ ނަމަކަށް ކިޔާ ދޯންޏެއްގައި 72 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ޓްރެފިކް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށެވެ.

އެމައްސަލާގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.

ޑައިމޯފިން ޓްރެފިކް ކުރި ކަމުގައު ދައުވާ އުފުލާފައިވާ 10 މީހުންނަނީ:

1. ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަޤިއްޔު

2. ރ. އިނގުރައިދޫ، އެލެސްކާ، މުހައްމަދު ވިސާމް

3. ރ. އިނގުރައިދޫ، އެލެސްކާ، އަބްދުﷲ ވިސާމް

4. ދ. މާއެނބޫދޫ، އަނބުގޮސްދޮށުގެ، އަހުމަދު ނަޞީރު

5. ކ. މާލެ، ހ. ގާރޑްންބިޔުޓީ، މުހައްމަދު އަކްރަމް

6. ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުހައްމަދު ޝަރީފް

7. ލ. ގަން-ތުނޑި، ޕެރިސްހޮލިޑޭ، މުހައްމަދު ފުރުޤާން

8. ރ. ރަސްގެތީމު، ފީރޯޒްގެ، އަހުމަދު ޝިނާން

9. ތ. ތިމަރަފުށި، ތަނޑިރަތްމާގެ، މުހައްމަދު ވަޖީޙު

10. ކ މާލެ، މއ. ކަނޑޫގެ، އަލީ އަހުމަދު

އެ ދައުވާ އެ މީހުންގެ މައްޗަށް ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަށް ޖަލަސް ލުމާއެކު 15،000 ރުފިޔާއާއި 250،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އެމައްސަލާގައި ތިން މީހެއްގެ މައްޗަށް ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާވެސް އުފުލާފައިވެ އެވެ. އެއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 115 ވަނަ މާއްދާގެ (ހ) އާއި 148 ވަނަ މާއްދާ އާއި ހަވާލާދީ 115 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. އެ ދައުވާ އުފުލާފައިވަނީ ދ. މާއެނބޫދޫ، އަނބުގޮސްދޮށުގެ، އަހުމަދު ނަސީރު، ކ.މާލެ، ހ. ގާރޑްންބިޔުޓީ، މުހައްމަދު އަކްރަމް އަދި ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުޙައްމަދު ޝަރީފުގެ މައްޗަށެވެ.

އެ ދައުވާ އެމީހުންގެ މައްޗަށް ސާބިތުވެއްޖެ ނަމަ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

comment ކޮމެންޓް