ޖޭމްސް ބޮންޑުގެ ރޯލު ކުޅެލަން ޓޮމް ހޮލެންޑް ވަރަށް ބޭނުންވެފައި

ޒުވާން އެކްޓަރު ޓޮމް ހޮލެންޑް---

ޖޭމްސް ބޮންޑުގެ ކެރެކްޓާ ކުޅެލުމަކީ ވަރަށް ބޭނުންވާކަމެއްކަމަށް ސްޕައިޑަމޭންގެ އެކްޓަރު ޓޮމް ހޮލެންޑް 24، ބުނެފިއެވެ.

ހޮލީވުޑްގެ މަގްބޫލު ޒުވާން އެކްޓަރު ޓޮމް ބުނީ އޭނާ އަށް ޖޭމްސް ބޮންޑުގެ ކެރެކްޓާ ކުޅެލަން ލިބިއްޖެނަމަ އޭނާ ވެގެންދާނީ އެ ކެރެކްޓާ ކުޅޭ އެންމެ ކުރު މީހާއަށް ކަމަށެވެ.

"އަހަރެން ވަރަށް ރީތި ވާނެ ކަންނޭގެ ޖޭމްސް ބޮންޑުގެ ސޫޓް ލީމަ،"

ޖޭމްސް ބޮންޑްއަކީ ވަރަށް މަޝްހޫރު ފްރެންޗައިޒެކެވެ. "ޖޭމްސް ބޮންޑް"ގެ ރޯލުން އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވާ ޝޯން ކޮނެރީ ވަނީ ދާދިފަހުން މަރުވެފައެވެ. ޖޭމްސްގެ ކެރެކްޓާ ކުޅުނު ބައެއް މަގްބޫލު ތަރިންގެ ތެރޭގައި ޕިއާސް ބްރޮސްނަން އާއި ޑޭނިއަލް ކްރެއިގް އަދި ޓިމަތީ ޑެލްޓަން ހިމެނެއެވެ.

ޓޮމް އެންމެފަހުން ފެނިގެންދިޔައީ ސައިކޮލޮޖިކަލް ތްރިލާ "ދަ ޑެވިލް އޯލް ދަ ޓައިމް" އިންނެވެ. އެ ފިލްމަކީ މިދިޔަ ސެޕްޓެމްބަރު މަހު ނެޓްފްލިކްސްގައި ރިލީޒްކުރި ފިލްމެކެވެ.

comment ކޮމެންޓް