އެކްޓަރު ކްރިސްޓޮފާ ޕްލަމާ މަރުވެއްޖެ

ކްރިސްޓޮފާ ޕްލަމާ--

އޮސްކާ އެވޯޑު ހާސިލްކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސްޓޮފާ ޕްލަމާ 91، މަރުވެއްޖެއެވެ.

"ދަ ސައުންޑް އޮފް މިއުޒިކް"ގެ ނަމުން ނަން މަޝްހޫރު ކްރިސްޓޮފާ މަރުވީ މުސްކުޅި ބަލީގައި ކަނެކްޓިކަޓްގައި ހުންނަ އޭނާ ދިރިއުޅޭ ގޭގައެވެ.

ތިން ކައިވެނި އޭނާ ކުރިއިރު އޭނާއަށް ލިބުނީ އެންމެ ދަރިއެކެވެ. ބަތަލާ އަމަންޑާ ޕްލަމާ، 63 އަކީ ކްރިސްޓޮފާއަށް ލިބުނު ހަމައެކަނި ދަރިފުޅެވެ.

އޮސްކާ ތާރީޚުގައި ވެސް އެވޯޑު ހާސިލްކުރި އެންމެ ދުވަސްވީ އެކްޓަރު ކްރިސްޓޮފާ އެންމެ ފަހުން ސްކްރީނުން ފެނިގެންދިޔައީ 2019 ވަނަ އަހަރުެވެ. 82 އަހަރުގައި އޭނާއަށް އޮސްކާ އެވޯޑެއް ލިބުނީ 2010 ވަނަ އަހަރު ނެރުނި ފިލްމު "ބިގިނާޒް"އިންނެވެ.

ކްރިސްޓޮފާ މަރުވިއިރު ގިނަ އަދަދެއްގެ ފޭނުންނާ ސެލެބްރީޓީން އަންނަނީ އޭނާގެ އާއިލާ އަށް ތައުޒިޔާ ކިޔަމުންނެވެ.

comment ކޮމެންޓް