އަދާލަތު ޕާޓީގެ ރައީސަކަށް އިމްރާން އިންތިހާބު ކޮށްފި

އަދާލަތު ޕާޓީގެ ރައީސަަކަށް އިންތިހާބުވެ ވަޑައިގެންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ —

އަދާލަތު ޕާޓީގެ ރައީސް އަކަށް އެ ޕާޓީގެ ރައީސް ކަމުގައި މިހާރުވެސް ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިންތިހާބު ކޮށްފި އެވެ.

އެޕާޓިގެ ރައީސާއި ނައިބު ރައީސް ހޮވުމަށް މިއަދު އިންތިހާބު ބާއްވާފައިވާއިރު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ކޮށެވެ.

އިންތިހާބުގައި ޕާޓީގެ ރައީސްކަމަށް ވާދަކުރެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އިސްލާމިމް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިމްރާން އަށް 921 ވޯޓު އަދި ޑރ. ޒާހިރަށް 167 ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ.

އެޕާޓީގެ އަސާސީ ގަވައިދު ބުނާގޮތުން އިންތިހާބުގެ ދާއިމީ ނަތީޖާ ފަސް ދުވަސް ތެރޭ އިއުލާނު ކުރަން ޖެހެއެވެ.

އަދާލަތުގެ އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީ އިން ބުނީ ރާއްޖޭގެ ތާރީހުގައިވެސް ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތަހާބުގައި އޮންލައިންކޮށް ވޯޓުލުން ކުރިއަށް ގެންދިޔަ މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

މިއަދުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 6846 މީހުންނަށް ލިބޭއިރު ވޯޓު ދިނީ 1،088 މީހުންނެވެ.

comment ކޮމެންޓް