ތޮއްޑުއަށް އަރައި ފޭބުން މަނާކޮށްފި

އއ. ތޮއްޑޫ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތޮއްޑޫ ސިއްހީމަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އަބްދުﷲ ޝިފާޒް "ސަން" އަށް ވިދާޅުވީ އެރަށުގެ މީހަކު ޑޮކްޓަރަށް ދައްކަން މާލެ އައިސް ނެގި ސާމްޕަލްއެއްގެ ނަތީޖާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ޕޮޒިޓިވް ވެފައިވަނީ އެރަށު ޕްރީ ސްކޫލުގެ ޓީޗަރެއް ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޕޮޒިޓިވްވި މީހާއަށް ބަލި ޖެހުނީ ކޮންގޮތަކަށް ކަމެއް އަދި ނޭނގޭ ކަމަށާއި، އޭނާ އާއި ކޮންޓެކްޓުވި މީހުންގެ ތެރޭގައި ރަށު ސްކޫލުގެ ޓީޗަރުންވެސް ހިމެނޭ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

"ސިމްޕްޓޮމެޓިކް މީހުންނާއެކު 30-25 ސާމްޕަލް ނަގަން ނިންމާފައިވަނީ،"

ތޮއްޑޫ މޮނީޓަރިން އަށް ލައި އެރަށަށް އަރައި ފޭބުން މަނާކޮށްފައިވާއިރު ކުޅިވަރު ކުޅުމާއި އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ.

އިތުރު ފިޔަވަޅުތައް އަޅާނީ ސާމްޕަލްގެ ނަތީޖާ ލިބުމުން ކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ.

comment ކޮމެންޓް