ކޮވިޑަށް މިއަދު 87 މީހުން ޕޮޒިޓިވްވެއްޖެ

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން އިތުރު 87 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި 87 މީހުންގެ ތެރެއިން 32 މީހުންނަކީ ސަން ސިޔާމް އޮޅުވެލި ރިސޯޓުން ޕޮޒިޓިވްވި މީހުން ކަމަށެވެ. މީގެ ކުރިންވެސް އޮޅުވެލި ރިސޯޓުން 20 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު މިއަދު ޕޮޒިިވްވި މީހުންގެ ތެރެއިން މާލެ ސަރަހައްދުން 30 މީހުން ޕޮޒިޓިވް ވެފައިވަނީ 30 މީހެކެވެ.

މީހުން ދިރިއުޅޭ އެހެން ރަށްރަށުން 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރިސޯޓުތަކުން 41 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން ސަފާރީތަކުން ތިން މީހަކު މިއަދު ކޮވިޑަށް ޕޮޒިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އިއްޔެގެ ހަވީރު ހަޔަކުން މިއަދުގެ ހަވީރު ހަޔަކަށް 87 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު 3،331 ޓެސްޓު ހަދާފައިވެއެވެ.

މިއަދުގެ އަދަދާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަކީ 14،426 އެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 13،505 އެވެ. ފާއިތުވި 24 ގަޑިއިރު ބަލިން ރަނގަޅު ވެފައިވަނީ 34 މީހުންނެވެ.

މިވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 901 އެވެ. އޭގެ ތެރެއިން 68 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

comment ކޮމެންޓް