ލަވަކިޔުންތެރިޔާ ޖޯ ޖޯނަސް އެކްޓިންދާއިރާއަށް

ޖޯ ޖޯނަސް--

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯ ޖޯނަސް އެކްޓިން ދާއިރާ އަށް ވަންނަން ނިންމާ ބޮޑު ފީޗާ ފިލްމަކަށް ސޮއިކޮށްފި އެވެ.

ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ ނިކް ޖޯނަސްގެ ބޭބެ ޖޯ ސޮއިކުރީ "ޑިވޯޝަން" ކިޔާ ވަރުގަދަ ހަނގުރާމަ ފިލްމަކަށެވެ. ގޭމްސް އޮފް ތްރޯންސްއިން ބޮޑު މަގްބޫލު ކަމެއް ހޯދި ބަތަލާ ސޯފީ ޓާނާގެ ފިރިމީހާ ޖޯގެ ޑެބިއު ފިލްމުގެ ޝޫޓިން އަންނަ މަހު ފަށާނެ އެވެ.

ޖޯޖިއާގައި ޝޫޓިން ފަށާ މި ފިލްމުގައި ޖޯ ކުޅޭނީ ފައިޓަރު ޖެޓް ޕައިލެޓެއްގެ ރޯލެވެ. ޖޭޑީ ޑިލާޑް ޑައިރެކްޓްކުރާ މި ފިލްމަކީ ޖޭކް ކްރޭނާއި ޖޮނަތަން އޭ ސްޓިއުވާޓްގެ ސްކްރީންޕްލޭ އަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

comment ކޮމެންޓް