ފޭސް ދޭއްގައި މޫދަށް އެރި އުޅުނު ދުވަސްވީ މީހަކު މަރުވެއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހި ---

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މޫދަށް އެރި އުޅުނު އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު 12:20 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

އެ ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންތައް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފަށާފައިވާއިރު އެ ސަރަހައްދުގެ މޫދު ވަނީ އާންމުކޮށް ހުޅުވާލައިފަ އެވެ. މާލެ ސަރަހައްދުގައި އުޅޭ ގިނަ ބަޔަކު މޫދަށް އެރުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗަށް މިހާރު ދެ އެވެ.

comment ކޮމެންޓް