10 ދުވަހުގެ ޓޫރިޒަމް ނަމްބަރު 30،000 ޓޫރިސްޓުން

ގަތަރު އެއާވޭސްގެ ފްލައިޓުން މިއަދު ރާއްޖެ އައި ޓޫރިސްޓުން ފްލައިޓުން ފައިބަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ޖެނުއަރީ މަހުގެ 10 ދުވަސް ތެރޭ 30،644 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމު ކުރި ތަފާސް ހިސާބަށް ބަލާއިރު، މި އަހަރު މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާ އިންނެވެ.

މި ޖެނުއަރީ މަހުގެ ފުރަތަމަ 10 ދުވަހު ޓޫރިސްޓުން އައި އަދަދަށް ބަލާއިރު ޖެނުއަރީ އެއްވަނަ ދުވަހު، 2,005 ޓޫރިސްޓުން، ދެވަނަ ދުވަހު 4,160 ޓޫރިސްޓުން، ތިންވަނަ ދުވަހު 4,195 ޓޫރިސްޓުން، ހަތަރު ވަނަ ދުވަހު 2,646 ޓޫރިސްޓުން އަދި ފަސްވަނަ ދުވަހު 2,672 ޓޫރިސްޓުން އައިސްފައިވެއެވެ.

މިމަހުގެ ހަ ވަނަ ދުވަހު 2,408 ޓޫރިސްޓުން، ހަތްވަނަ ދުވަހު 2,566 ޓޫރިސްތުން، އަށްވަނަ ދުވަހު 2,579 ޓޫރިސްޓުންް އަދި ނުވަ ވަނަ ދުވަހު 3,536 ޓޫރިސްޓުން 10 ވަނަ ދުވަހު 3,877 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެއެވެ.

މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 3,064 ޓޫރިސްޓުން އާދެއެވެ. ޓޫރިސްޓުން ރާއްޖޭގައި އެވްރެޖުކޮށް 9.8 ދުވަސް ހޭދަކުރާ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.

ރާއްޖެއަށް މިއަހަރު އެންމެ ގިނަ ޓޫރިސްޓުން އައި ފަސް ގައުމު

  1. ރަޝިއާ - 8,761 ޓޫރިސްޓުން
  2. އިންޑިއާ - 3,908 ޓޫރިސްޓުން
  3. ޔޫކްރެެއިން - 2,680 ޓޫރިސްޓުން
  4. ކަޒަކިސްތާން - 1,590 ޓޫރިސްޓުން
  5. ރޯމޭނިއާ - 1,447 ޓޫރިސްޓުން

މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިވަގުތު 569 ޓޫރިސްތު ފެސިލިޓީ އޮޕަރޭޝަނުގައި އެބައޮތެވެ. އެއީ 42,072 ޓޫރިސްޓު އެނދެވެ.

comment ކޮމެންޓް