އިދިކޮޅުގެ އިހުތިޖާޖުން ހައްޔަރުކުރި މީހުން ކޯޓަށް ނުގެންގޮސް ދޫކޮށްލައިފި

ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްދިޔަ ވަގުތު ކްރިމިނަލް ކޯޓު ކައިރީ ޕީޕީއެމްގެ ސަޕޯޓަރުން މުޒާހަރާ ކުރަނީ

ސަރުކާރާ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އިއްޔެ ކުރިއަށްގެންދިޔަ އިހުތިޖާޖުން ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުން ކުރިއަށް ދިޔަ ވަގުތު ކްރިމިނަލް ކޯޓު ކުރިމަތީގައި އިދިކޮޅުން ކުރިއަށް ގެންދިޔަ އިހުތިޖާޖުން ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން އަންހެނުންނާއި ދެ ފިރިހެނުންނެވެ.

އެމީހުން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގައި ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

އެހެން ނަމަވެސް އިދިކޮޅުން ބުނީ ކޯޓު ސަރަހައްދުގައި ކުރިއަށް ދިޔައީ ސުލްހަވެރި އިހްތިޖާޖެއް ކަމަށެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްދިޔަ ވަގުތު ކްރިމިނަލް ކޯޓު ކައިރީ ޕީޕީއެމްގެ ސަޕޯޓަރުން މުޒާހަރާ ކުރަނީ

ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ދެ ކައުންސިލް މެމްބަރުން ވެސް ހިމެނެ އެވެ. އެއީ ފާތިމަތު ފަޒްލާ އަދި ސުއޫދާ އަބްދުﷲ އެވެ.

އިއްޔެ ކުރިއަށް ދިޔައީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާގެ ޝަރީއަތެވެ.

comment ކޮމެންޓް