މަޖިލިސް އިދާރާގެ ދޮރަކަށް ކާރެއް އަރައިފި

މަޖިލިސް އިދާރާގެ ފާރަށް ކާރު އަރާފައި ---

ކޮންޓްރޯލުން ނައްޓައިގެން ރައްޔިތުންގެ މަޖިލިސް އިދާރާއަށް ކާރެއް އަރައިފި އެވެ.

އެ އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 12:15ގައެވެ.

ފުލުހުން ބުނީ މާލޭ، ކުރާ ގޯޅިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުގެވެގެން މަޖިލީހުގެ އިދާރާގެ ފާރުގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާއަށް އަނިޔާވުމާ ގުޅިގެން އައިޖީއެމްއެޗްގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފޮޓޯއިން ފެންނަ ގޮތުގައި އެ ކާރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.

އެ މައްސަލަ މިހާރު ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް