2020: ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އުރީދޫއަށް ކާމިޔާބު އަހަރެއް

2020އަކީ ޕެންޑެމިކްގެ ސަބަބުން ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް ފުޅާވެގެންދިޔަ އަހަރެކެވެ. މިކަމުގައި އެންމެ ކުރީގައި އުޅުނު އެއް ކުންފުންޏަކީ އުރީދޫ އެވެ. ޕެންޑެމިކްގެ ދަތިތަކާއެކު ވެސް އުރީދޫއިން ވަނީ އާ ހިދުމަތްތަކެއް ތައާރަފުކޮށް، އާންމުންގެ ދިރިއުޅުމަށް އިތުރު ފަސޭހަތަކެއް ގެނެސްދީފަ އެވެ.

މިލިޔުމުގައި މި ހިމަނާލަނީ އުރީދޫއިން 2020ގައި ކުރި މަސައްކަތްތަކާ ގުޅޭގޮތުން އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ދެއްވި އިންޓަވިއުއެކެވެ.

ނިޔާޒު ވިދާޅުވީ ކޮވިޑް19 ޕެންޑެމިކްއާ ގުޅިގެން އުރީދޫއިން 2020އަށް ރޭވި މަސައްކަތްތަކަށް ބުރޫއެރި ނަމަވެސް ބޮޑެތި ޕްރޮޖެކްޓު ނިންމާލެވުނު ކަމަށެވެ.

މިދިޔަ އަހަރަށް އުރީދޫއިން ރޭވި އެންމެ ބޮޑު ޕްރޮޖެކްޓުތަކަކީ 5ޖީ ތައާރަފު ކުރުމާއި އިތުރު ސަބްމެރިން ކޭބަލްއެއް އެޅުން އަދި އާ ރަށްތަކަކަށް ސުޕަނެޓްގެ ހިދުމަތް ތައާރަފުކުރުމެވެ. އެގޮތުން އުރީދޫއިން ވަނީ 2020ގައި އިތުރު ފަސް ރަށަށް މުޅިން އަލަށް ސުޕަނެޓް ތައާރަފުކޮށްދީފަ އެވެ. މިއާއެކު ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް މި ހިދުމަތް ވަނީ ފުޅާވެފަ އެވެ.

އުރީދޫއިން ވަނީ 2020ގެ ތެރޭގައި ސުޕަނެޓް ޕެކޭޖުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސް، ހިދުމަތުގެ އަގުވެސް ކުޑަކޮށްދީފަ އެވެ.

މީގެ އިތުރުން އުރީދޫގެ ޑިޖިޓަލް ހިދުމަތްތަކުގެ ތެރެއިން އެމްފައިސާއަށް އާ ހިދުމަތްތައް އިތުރުކުރުމާއި މޫލީއަށް އާ ޕްރޮޑަކްޓްތައް ވެސް 2020ގައި ވަނީ އިތުރުކޮށްފަ އެވެ.

ޕެންޑެމިކްގެ ތެރޭގައި ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް އުރީދޫއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދީފަ އެވެ. އޭގެ ތެރޭގައި ކަރަންޓީންގައި ތިބޭ ފަރާތްތަކަށް ޑޭޓާ ފޯރުކޮށްދިނުމާއި ޓީޗަރުންނާއި ކިޔަވާ ކުދިންނަށް ހިލޭ ޑޭޓާ ދިނުން ހިމެނެ އެވެ.

ހަމައެއާއެކު ޕެންޑެމިކްގެ ތެރޭގައި ކޮންމެ ދުވަހަކުވެސް ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ޖީބީ ޑޭޓާ ހިލޭ ދީފައިވެ އެވެ.

އުރީދޫއިން ރާއްޖޭގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭތާ 15 އަހަރުވެފައިވާއިރު، ކަސްޓަމަރުންގެ ފަރާތުން ލިބޭ ތަރުހީބާއި އެއްބާރުލުން ފާހަގަކޮށް، އެކުންފުނިން ވަނީ ކަސްޓަމަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.

comment ކޮމެންޓް