ބިދޭސީ ސޭޓަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

މީގެ ކުރިން މީހަކަށް ހަމަލާ ދިން ސަަރަހައްދެއްގައި ފުލުހުން ހަރަކާތްތެރި ވުން - ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ބިދޭސީ ސޭޓަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު 05:50 ހާއިރު ނިކަގަސް މަގުގައި ހުރި ފިހާރަައަކަށް ވަދެ ފިހާރައިގައި އިން ބިދޭސީ ސޭޓަށް ހަމަލާދީގެން ރިޕޯޓްކުރި ކަމަށެވެ.

އެ ހާދިސާގައި އެއްޗަކުން ޖަހައި ބިދޭސީ މީހާގެ ބޯ ފަޅާލައިފައިވާ ކަމަށާއި އަދި އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ ބޮލުގައި ޖެހީ ކޮން އެއްޗަކުންކަން އެނގޭނީ ތަހުގީގްކުރުމުން ކަމަށެވެ.

އެ މައްސަލައިގައި އަދި މިހާތަަނަށް މީހަކު ހައްޔަރުކޮށްފައިވާނުވާ ކަމަށާއި ނަމަވެސް އެ މައްސަލަ ތަހުގީގްކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް