މޫސުން ގޯސްވާނެތީ ކ. އިން ވ. އަށް ޔެލޯ އެލާޓް

ވިއްސާރަވެ ކަނޑުގަދަވުން: --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޫސުން ގޯސްވެ، ކ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ މިއަދުގެ މެންދުރު 1:00 އިން ހަވީރު 5:00 އާ ހަމައަށް ކ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ.

ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ކަނޑުތައްވެސް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އާދައިގެ ވަރަށްވުރެ ކަނޑުގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މެޓުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މެދުރާއްޖެ ތެރެ އާއި އުތުރުގެ ބައެއް ރަށްރަށަށް ވާރޭ ވެހޭނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

އުތުރާއި މެދު ރާއްޖެތެރޭގެ ރަށްރަށުން، ހާއްސަކޮށް އެ ސަރަހައްދުތަކުގައި ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މެޓުން އިލްތިމާސް ކުރެ އެވެ.

comment ކޮމެންޓް