މަތީ މަގާމުތަކަށް މާ ގިނަ އަންހެނުން އައްޔަނުކުރުމުން ބޮޑު ޖޫރިމަނާއެއް

ޕެރިސްގެ މޭޔަރު ހިޑަލްގޯ

ފްރާންސްގައި މާ ގިނައިން އަންހެނުން ސީނިއާ މަގާމުތަކަށް އައްޔަނުކުރުމުން ފްރާންސްގެ ވެރިރަށް ޕެރިސްގެ ސިޓީ ކައުންސިލް ޖޫރިމަނާކޮށްފި އެެވެ.

އެ މައްސަަލައިގައި ސިޓީ ކައުންސިލް ޖޫރިމަނާކުރި 90،000 ޔޫރޯއިން އެވެ.

އަންހެނުންނާއި ފިރިހެނުންނަށްވެސް ހަމަހަމަ ވަޒީފާގެ ފުރުސަތުތައް ހޯދައި ދިނުމުގެ ގޮތުން ފްރާންސްގައި ގާނޫނެއް އެކުލަވާލައިފައި އޮވެ އެވެ. އެ ގާނޫނޫގެ ދަށުން އެއްވެސް ޖިންސަކަށް 60 ޕަސެންޓްއަށް ވުރެ ގިނަ ވަޒީފާއެއް ނުދެވޭނެ އެވެ.

ނަމަވެސް އެ ގާނޫނާ ހިލާފަށް މޭޔަރު ވަނީ ސިޓީ ކައުންސިލްގެ މަގާމުތަކަށް 11 އަންހެނުންނާއެކު ފަސް ފިރިހެނުން ލައިފަ އެވެ.

އެހާ ބޮޑު އަދަދަކުން ސިޓީ ކައުންސިލް ޖޫރިމަނާކުރުމުން ޕެރިސްގެ މޭޔަރު ހިޑަލްގޯ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ފްރާންސްގައި މިހާރުވެސް ކަންތައްތައް ހިނގަމުންދާ ދުވެލި ލަސްކަމަށާއި ކެރޭ ގާބިލް އަންހެނުން މަގާމުތަކަށް ޕްރޮމޯޓްކުރަން ޖެހޭކަމަށް ވިދާޅުވެ އެކަން އޭނާ ދިފާއު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޖޫރިމަނާ އޭނާއާ އަންހެން ސްޓާފުންވެގެން މިނިސްޓްރީ އޮފް ޕަބްލިކް ސާވިސްއަށް ދައްކަވާނެ އެވެ. -- ސީއެންއެން

comment ކޮމެންޓް