މާލޭގައި ތޫނުއެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފި

މާލޭގައި މިރޭ ބިދޭސީއަކަށް ތޫނުއެއްޗަކުން ހަމަލާދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ: މުހައްމަދު މުޒައްޔިނު ނާޒިމް

މާލޭގައި މިރޭ ތޫނުއެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބިދޭސީއަކަށް ހަމަލާދީފައި ވަނީ މާފަންނު ފިޔާތޮށި ގޯޅީގައި ކަމަށެވެ.

ޒަހަމްވި ބިދޭސީ މީހާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.

އެ ހަމަލާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 22:05 ހާއިރު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އޭނާ އަށް ހަމަލާދީފައި ވަނީ ވެސް ބިދޭސީއެކެވެ. އަދި ހަމަލާދިނުމަށްފަހު އެ ބިދޭސީ މީހާ ވަނީ ފިލާފައެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް