އެމްޑީއެޗް ހަވާދުގެ ވެރިޔާ މަރުވެއްޖެ

އެމްޑީއެޗްގެ އޯނަރު ދަރަމްޕާލް ގުލާޓީ ---

ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ސްޕައިސް ނުވަތަ ހަވާދު ބްރޭންޑް އެމްޑީއެޗް މަސާލާގެ އޯނަރު ކަމަށްވާ ދަރަމްޕާލް ގުލާޓީ މަރުވެއްޖެ އެވެ.

ދަރަމްޕާލް ދާދި ފަހުން މަރުވިއިރު އޭނާގެ އުމުރަކީ 97 އަހަރެވެ. އޭނާ މަރުވިއިރު އޮތީ ދިއްލީގެ ހޮސްޕިޓަލެއްގައެވެ. އަދި އެތަނުގައި އޭނާ އޮންނަތާ އެތައް ހަފްތާއެއް ވެފައިވާ ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ.

އޭނާ މަރުވެފައިވަނީ ކާޑިއެކް އެރެސްޓެއްގެ ސަބަބުން ކަމަށްވެ އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

އެމްޑީއެޗް މަސާލާގެ މޫނުގެ ގޮތުގައި ފެނިގެންދާ އެއް ފަރާތަކީވެސް ދަރަމްޕާލް އެވެ. ގިނަ ދިވެހީންނަށް އެމްޑީއެޗް ބްރޭންޑަކީ ކޮބައިކަން ކޮންމެވެސް ވަރަކަށް ކުރީންވެސް ވާނީ ތަފާތު އިޝްތިހާރުތަކުން ފެނިގެން ގޮސްފައެވެ.

މިދިޔަ އަހަރުގައި އޭނާއަށް ވަނީ އިންޑިއާއިން "ޕަދުމާ ބޫޝަން"ގެ ލަގަބު ލިބިފައެވެ. އެއީ އިންޑިއާގެ ރައްޔިތަކަށް ތިންވަނައަށް ލިބޭނެ އެންމެ މަތީ ދަރަޖައެވެ.

ދަރަމްޕާލްގެ ބަޔޮގްރަފީގައި ބުނެފައިވާގޮތުގައި ދަރަމްޕާލް އެންމެ ފުރަތަމަ އެމްޑީއެޗް ވިޔަފާރި ފަށާފައިވަނީ 1937 ވަނަ އަހަރުގައެވެ. އޭރު އެ އެމްޑީއެޗް އަކީ ސައިބޯންޏާއި ހާޑްވެއާ އަދި ހަނޑޫ ވިއްކި ވިޔަފާރިއެކެވެ. އެހެންނަމަވެސް އެ ވިޔަފާރި ފެއިލްވުމާ ގުޅިގެން އާއިލާގެ ފަރާތުން ތައްޔާރުކުރަމުންދިޔަ ހަވާދު، ވިޔަފާރިއެއްގެ ގޮތުގައި ފެށީ 1947 ގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް