ސިލްކް އެއާއިން ރާއްޖެއަށް ދަތުރު ފަށައިފި

ސިލްކް އެއާގެ ދަތުރުތައް ފެށުން --- ފޮޓޯ :ވީއައިއޭ

ސިންގަޕޫރުގެ ސިލްކް އެއާއިން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

މީގެ ކުރިން ވެސް ރާއްޖެއަށް ދަތުރުތައް ކުރި ސިލްކް އެއާއަކީ ސިންގަޕޫރުގެ ގައުމީ އެއާލައިން، ސިންގަޕޯ އެއާލައިންސްގެ ދަށުން ހިންގާ އެއާލައިނެކެވެ.

ސިލްކް އެއާއިން ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރާނެ އެވެ.

މިއީ ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ދަތުރުތައް ހުއްޓާލުމަށް ފަހު ރާއްޖެއަށް ދަތުރުފެށި ސައުތު އީސްޓް އޭޝިއާ ސަރަހައްދުގެ ފުރަތަމަ އެއާލައިނެވެ.

ސިލްކް އެއާއާއެކު މިހާރު 17 އެއާލައިނަކުން ރާއްޖެއަށް ވަނީ ދަތުރު ފަށައިފައެވެ. އޭގެ ތެރޭގައި އިންޑިއާގެ ހަތަރު އެެއާލައިނަކާ، ގަތަރު އެއަވޭސް، ޔޫއޭއީގެ ތިން އެއާލައިނެއްގެ އިތުރުން ތުރުކީގެ ޓާކިޝް އާއި ރަޝިއާ އަދި ސްވިޒަލެންޑާއި ޖަރުމަނުގެ އެއާލައިންތައް ހިމެނެއެވެ.

comment ކޮމެންޓް