މާލޭގައި އަންހެނަކު ކަރަންޓުގައި ޖެހުނު މައްސަލައެއް ފުލުހަށް

11 ޖުލައި 2018: ދަރުމަވަންތަ ހޮސްޕިޓަލްގެ ޓެރަސްމަތިން މާލެ --ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މާލޭގައި އަންހެނެއް ގައިގައި ކަރަންޓު ޖެހުނު މައްސަލައެއް ފުލުހަށް ހުށަހަޅައިފި އެވެ.

ފުލުހުން މިއަދު ބުނީ ގޮލޮޅުގައި ހުންނަ ގެއެއްގައި މީހަކު ކަރަންޓުގައި ޖެހުނު މައްސަލައެއް އިއްޔެ މެންދުރު 13:18 ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ކަރަންޓުގައި ޖެހިފައި ވަނީ އުމުރުން 38 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ކަރަންޓުގައި ޖެހުނީ ހޮޅިއެއް ވަޅުލަން ކޮނެފައި އޮތް ތަނަކުން ބުރިކޮށްލާފައި އޮތް ކަރަންޓު ކޭބަލެއްގައި ޖެހުމުގެ ސަބަބުންނެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

comment ކޮމެންޓް