މަރަދޫ ބަނދަރު ބޭރުތޮށީގެ މަސައްކަތް ނިންމާލައިފި

މަރަދޫ ބަނދަރު -- ފޮޓޯ: އެމްޓީސީސީ

އައްޑޫ ސިޓީ މަރަދޫ ބަނދަރުގެ ބޭރުތޮށި މަރާމާތު ކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ.

އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީ އިންނެވެ. މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރީ 2019 ޖޫން 30 ގައެވެ.

މަރަދޫ ބަނދަރުގެ ބޭރު ތޮށި މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން، 873،18 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ބަނދަރު ފުންކުރުމާއި، 419 މީޓަރުގެ ސަރަޙައްދުގައި ތޮށިލުމާއި، 340 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 40 މީޓަރު ދިގު 6 މީޓަރު ފުޅާ ބްރިޖެއް ރޭނުމާއި، 975,1 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތެވެ.

އެ މަޝްރޫއަށް 2.28 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

comment ކޮމެންޓް