ކޮވިޑުގައި އިތުރު މީހަކު މަރުވެ، ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ 47 އަށް

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ޖެހިގެން ފަރުވާ ހޯދަމުން ދިޔަ އިތުރު ދިވެއްސަކު މަރުވެއްޖެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް19ގައި މަރުވި މީހުންގެ ޖުމްލަ ވަނީ 47 އަށް އަރައިފައެވެ.

ކޮވިޑު19ގައި މިއަދު މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 75 އަހަރުގެ ދިވެއްސެކެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރޭގެ އިރުއޮއްސި ހަޔަކާއި ހަމައަށް ރާއްޖެއިން ޖުމްލަ 13،011 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މިވަގުތު 1،019 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުންދާއިރު 11،939 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް