އައްޑޫގައި ޕިކަޕެއްގައި ރޯވި މައްސަލައެއް ބަލަނީ

އައްޑޫ ނޭޗާރ ޕާކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގައި ރޭ ޕިކަޕެއްގައި ހިނގި އަލިފާނުގެ ހާދިސާއެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ، ރޭ ދަންވަރު 12:56 އެހާކަންހާއިރު އައްޑޫ ހައި ސްކޫލް ކައިރީގައި ހުންނަ ކާ ސާވް އޮޓޯ ރިޕެއާ ސާވިސް ގަރާޖު ކުރިމަތީ ބާއްވާފައި އޮތް ކާރެއްގައި އަލިފާން ރޯވެފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެއީ ބަަޔަކު ގަސްތުގައި ކުރި ކަމެއް ނުވަތަ ނޫން އަދި އެނގިފައި ނުވެ އެވެ. ފުލުހުން ބުނީ، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރޭ ޕިކަޕުގައި ރޯވި އަލިފާން ނިއްވާލީ އެ ސަރަހައްދުގައި އުޅުނު އާންމުންގެ މަސައްކަތުންނެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އަލިފާނުގެ ސަބަބުން ޕިކަޕުގެ ކުރީކޮޅަށް ވަނީ ގެއްލުންވެފަ އެވެ.

comment ކޮމެންޓް