ވަރުންގެ "ކޫލީ ނަންބަރު 1"ގެ ޓްރެއިލާ ވަރަށް މަޖާ!

ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ކާމިޔާބު އެކްޓަރެއް ކަމަށްވާ ވަރުން ދަވަން ގެ "ކޫލީ ނަންބަރު 1"ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކުރާ އެ ފިލްމުގައި ވަރުން އާއެކު ފެނިގެންދާނީ ބަތަލާ ސާރާ އަލީ ޚާން އެވެ. މި ފިލްމަކީ ޑޭވިޑްގެ 45 ވަނަ ޑައިރެކްޝަން ވެސްމެ އެވެ.

ނުފޫޒުގަދަ އަންހެން މީހެއް ދެވަން އުޅޭ ފިރިހެން މީހާއަކީ އާދައިގެ ރޭލު ސްޓޭޝަނެއްގައި މަސައްކަތްކުރާ މީހަކަށްވުމުން އޭނާއާ ކައިވެނިނުކުރާންވެގެން އުޅުމުގެ ތެރޭގައި ދިމާވާ މަޖާ ކަންތައްތަކެއް މި ފިލްމުން ފެނިގެންދާނެއެވެ.

މި ފިލްމަކީ މިދިޔަ މެއި މަހު ސްކްރީންކުރުމަށް ހަމަޖެހުނު ފިލްމެކެވެ. ނަމަވެސް ސިނަމާތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެ ފިލްމު ޑިޖިޓަލް ޕްލެޓްފޯމަށް ވިއްކާލީއެވެ. އެމެޒޯން ޕްރައިމް އިން މި ފިލްމު ދައްކާނީ އަންނަ މަހުގެ 25 ވަނަ ދުވަހުއެވެ.

"ކޫލީ ނަންބަރު 1" އަކީ ވަރުން އޭނާގެ ބައްޕަ ޑޭވިޑް ދަވަންގެ ފިލްމެއްގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. އެ ފިލްމަކީ 1995 ވަނަ އަހަރު ހަމަ އެ ނަމުގައި ގެނެސްދިން ފިލްމުގެ ރީމޭކެކެވެ. "ކޫލީ ނަމްބަރު 1"ގެ ލީޑުން ފެނިގެންދިޔައީ އޭރުގެ އެންމެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ ކަރިޝްމާ ކަޕޫރާއި ގޯވިންދާ އެވެ.

comment ކޮމެންޓް