އިންޑިއާގައި ފެށި ސީޕްލޭން ދަތުރުތައް މެދުކަނޑާލައިފި

އިންޑިއާގައި ސީޕްލޭން ދަތުރުތައް ފެށުން --

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެހީގައި އިންޑިއާގެ ސްޕައިސް ޖެޓުން ފެށި ސީޕްލޭން ދަތުރުތައް މެދުކަނޑާލައިފިއެވެ.

އިންޑިއަން އެކްސްޕްރެސް އިން ބުނީ ދަތުރުތައް 15 ދުވަހަށް މެދުކަނޑާލާފައިވާ ކަމަށާއި ދަތުރުތައް މެދުކަނޑާލީ ސީޕްލޭންގެ މެއިންޓެނަންސް މަސައްކަތްތަަކެއް ކުރުމަށް ދަތުރުތަކުގައި ބޭނުންކުރާ ބޯޓު ރާއްޖެ ފޮނުވާލުމުން ކަމަށެވެ.

ސްޕައިސް ޖެޓުން އިންޑިއާގައި ފެށި މި ދަތުރުތަަކުގައި ބޭނުންކުރަނީ މޯލްޑިވިއަން އިން ލީޒް ކޮށްފައިވާ ބޯޓެކެވެ. މި ބޯޓުގެ ކްރޫއިންގެ ގޮތުގައި މޯލްޑިވިއަންގެ ކްރޫ ވަނީ ހަރަކާތްތެރިވެފައެވެ. ސީޕްލޭން ދަތުރުތައް ފެށުމަށް އިންޑިއާ އަށް ދިޔަ ކްރޫ މިއަދު ވަނީ ރާއްޖެ އައިސްފައެވެ.

މިިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ފެށި ސީޕްލޭން ދަތުރުތައް 15 ދުވަހަށް މެދުކަނޑާލުމާ ގުޅޭގޮތުން ސްޕައިސް ޖެޓުން ބުނީ އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އަނެއްކާވެސް ދަތުރުތައް ފަށާނެ ކަމަށެވެ.

"ސްޕައިސް ޝަޓްލް" ގެ ނަމުގައި ކުރާ މި ދަތުރުތަކުގައި ބޭނުންކުރާ ބޯޓުގެ މެއިންޓެނަންސް މަސައްކަތް ކުރާނެ ހެނގަރެއް އިންޑިއާގައި ނެތް ކަމަށާއި އެހެންކަމުން ބޯޓުގެ މެއިންޓެނަންސް އަށް ރާއްޖެ ފޮނުވާލީ ކަމަށްވެސް އޮފިޝަލުންނާ ހަވާލާދީ އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވެއެވެ.

އިންޑިއަން އެކްސްޕްރެސް އިން ބުނީ މި ދަތުރުތައް ފެށިފަހުން ދަތުުރުތައް މެދުކަނޑައިލި މިއީ ދެވަނަ ފަހަރު ކަމަށެވެ. އެގޮތުން އޮކްޓޯބަރު 31 ގައި ދަތުރު ފެށުމަށްފަހު ތިން ދުވަސް ފަހުން މެއިންޓެނަންސް މަސައްކަތަށް ދަތުރުތައް ހުއްޓާލި ކަމަށް ބުނެފައިވެއެވެ.

ގުޖުރާތު ސަރުކާރުގެ ޑިރެކްޓާ އޮފް ސިވިލް އޭވިއޭޝަން ކެޕްޓަން އޖޭ ޖޯހާން ވިދާޅުވީ ސީޕްލޭންގެ އެކި ލެވެލްތަކުގެ މެއިންޓެނަންސް މަސައްލަތް ކުރަންޖެހޭ ކަމަށާއި އެގޮތުން ބޯޓު ދުއްވާ ގަޑިއިރާއި ޑިސްޓެންސް އަށް ބަލައި ކުރަންޖެހޭ މެއިންޓެނެންސް ހުންނައިރު، އެކަންތައް ކރުުމަށް ބޯޓު ރާއްޖެ ފޮނުވާލީ ކަމަށެވެ.

މޯލްޑިވިއަންގެ އެހީގައި އިންޑިއާގައި ފެސި ސީޕްލޭން ދަތުރުތައް ބާއްވަނީ ކެވާޑިއާ އާއި އަހުމަދު އާބާދާ ދެމެދުގައެވެ.

comment ކޮމެންޓް