އާދީޕުރުޝްގެ ބަތަލާ އަކީ ކްރިތީ؟

އެކްޓަރު ސައިފް އަލީ ޚާން އާއި "ބާހުބަލީ" އިން ބޮޑު ކާމިޔާބީއެއް ހޯދި އެކްޓަރު ޕްރަބާސް ލީޑު ރޯލުން ފެނިގެންދާ ފިލްމު "އާދީޕުރުޝް"ގެ އަންހެން ލީޑު ތަރިއަށް ބަތަލާ ކްރިތީ ސެނަން ހަމަޖައްސައިފި ކަމަށް ޚަބަރުތައް ބުނެފި އެވެ.

ޖެނުއަރީ މަހު ޝޫޓްކުރަން ހަމަޖެހިފައިވާ އެ ފިލްމުގައި ކްރިތީ ކުޅޭނީ ސީތާގެ ރޯލެވެ. ކުރީ ޒަމާނުގެ ވާހަކައަކަަށް ބިނާކޮށް އުފައްދާ މި ފިލްމުގައި ވަރުގަދަ އެކްޝަން މަންޒަރުތައް ހިމެނި ކަނޑިފަދަ ތަކެތިން ހަނގުރާމަކުރަން ފިލްމުގެ ތަރިން މިހާރު އަންނަނީ ތަމްރީން ހަދަމުންނެވެ.

މި ފިލްމު ރިލީޒްކުރާނީ 11 އޯގަސްޓް 2022 ގަ އެވެ. ޓީ ސީރީޒުން ޕްރޮޑިއުސްކުރާ އެ ފިލްމުގެ ޑައިރެކްޓަރަކީ އޯމް ރައުތު އެވެ.

comment ކޮމެންޓް