ޝެފާލީގެ "ދިއްލީ ކްރައިމްސް" އަށް އެމީ އެވޯޑު!

ބަތަލާ ޝެފާލީ ޝާހް ފުލުހެއްގެ ރޯލުން ފެނިގެންދިޔަ ވެބް ސީރީޒް "ދިއްލީ ކްރައިމް" އަށް އެމީ އެވޯޑްސް ލިބިއްޖެ އެވެ.

ކުށްވެރިން ކުރާ ކަންތައްތައް ފަޅާއަރުވާލާ ހިތްވަރުގަދަ އަންހެން ފުލުހެއްގެ މަސައްކަތް ފެނިގެންދާ މި ސީރީޒަށް ލިބުނު އެވޯޑަކީ ބެސްޓް ޑްރާމާ ސީރީޒްގެ އެވޯޑެވެ. އެމީ އެވޯޑާއެކު "ދިއްލީ ކްރައިމްސް"ގެ ޑައިރެކްޓަރު ރިޗީ މެހެތާ ބުނީ މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އަދި ލިބުނު ކާމިޔާބީއެއް ކަމަށެވެ. އޭނާ ބުނީ މި އެވޯޑު ހާއްސަކުރާނީ އިންޑިއާގައި ކުށްތައް މަދުކުރަން މަސައްކަތްކުރާ ހިތްވަރުގަދަ އަންހެން ފުލުހުންނަށް ކަމަށެވެ.

ޝެފާލީގެ އިތުރުން މި ސީރީޒުން ފެނިގެންދިޔަ ބައެއް ތަރިންނަކީ ރާސިކާ ޑުއްގަލް، އާދިލް ހުސައިން އަދި ރާޖޭޝް ތައިލަންގް އެވެ.

މި ސީރީޒްގެ ފުރަތަމަ ސީޒަނަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު މީގެ ދެވަނަ ސީޒަނެއް ވެސް ގެނައުމަށް ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް