ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި ކަނޑުމަތީގައި މުޒާހަރާ ކުރަނީ

އިދިކޮޅު ކޯލިޝަނުން ކަނޑުމަތީގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން -- ފޮޓޯ/ ޕީޕީއެމް

މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް މިނިވަންކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ކަނޑުމަތީގައި މުޒާހަރާކުރަމުން އެބަދެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ކަނޑުމަތީގައާއި ރާއްޖޭގެ އެކި ރަށްތަކުގައި މުޒާހަރާ ކުރަމުން އަންނަނީ ރައީސް ޔާމީން ޖަލަށްލާން ހުކުމް ކުރިތާ އަހަރެއް ފުރުމާ ދިމާކޮށެވެ.

"ރައީސް ޔާމީނަށް ކުރާ އަނިޔާއާ ދެކޮޅަށް މުޅި ރާއްޖެ" ނަމުގައި ކަނޑުމަތީގައި ކުރިއަށްދާ މުޒާހަރާއަށް ދޯނިތައް ފުރީ ހުޅުމާލެއިންނެވެ.

އިދިކޮޅު ކޯލިޝަނުން ކަނޑުމަތީގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން -- ފޮޓޯ/ ޕީޕީއެމް

އެ މުޒާހަރާގައި ދެ ޖިންސުގެ އެކި އުމުރުގެ މީހުން އަންނަނީ ބައިވެރިވަމުންނެވެ. އިދިކޮޅު ކޯލިޝަނުން ބުނީ މިއަދު ރާއްޖޭގެ އެކި ހިސާބުތަކުގައި އަޑުއުފުލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ މީގެކުރިން ވެސް ކ. މާފުށީ ބޭރުގައި ދޯނިތަކުގައި ތިބެގެން މުޒާހަރާކޮށްފައެވެ.

comment ކޮމެންޓް