ކޮޗިން އިން މާލެއަށް މޯލްޑިވިއަންގެ ދަތުރުތަކެއް

މޯލްޑިވިއަންގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި --- ފޮޓޯ: މޯލްޑިވިއަން

ކޮޗިން އިން މާލެއަށް މި މަހުގައި މޯލްޑިވިއަން އިން ހާއްސަ ދަތުރުތަކެއް ކުރުމަށް ނިންމައިފިއެވެ.

މޯލްޑިވިއަން އިން މިއަދު ބުނެފައިވަނީ މި މަހުގައި އިންޑިއާގެ ކޮޗިން އިން މާލެއަށް ހަތަރު ހާއްސަ ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ދަތުރުތައް އޮންނާނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހާއި އާދިއްތަ އަދި ހޯމަ ދުވަހުގައި ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

މޯލްޑިވިއަން އިން ބުނެފައިވަނީ ކޮޗިން އިން ރާއްޖެއަށް އަންނަ ފަރާތްތަކުގެ ޓިކެޓު ވިއްކަން ފަށާ އަގަކީ 7،474 އިންޑިއަން ރުޕީސް ކަމަށެވެ. އަދި އެއީ އެއްކޮޅު ޓިކެޓުގެ އަގު ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

މޯލްޑިވިއަން އިން މިވަގުތު ރާއްޖޭގެ 15 މަންޒިލަކަށް ދަތުރުކުރަމުންދާއިރު ރާއްޖެއިން ބޭރުން މި ވަގުތު ދަތުރުތައް ކުރަމުން ދަނީ އިންޑިއާ އާއި ބަންގްލަދޭޝް އަށެވެ.

މޯލްޑިވިއަން އިން ދަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންވެސް ގައުމަށް ގެންދިޔުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް