ތޮއްޑޫގައި ފަތުރުުވެރިޔަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެއްޖެ

އއ. ތޮއްޑޫ --

އއ. ތޮއްޑޫގައި ފަތުރުވެރިޔަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލަ ހުށަހަޅާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން." ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ. މި މައްސަލައާ ގުޅިގެން ތޮއްޑޫ ކައުންސިލުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ގެސްޓުހައުސް ވިޔަފާރި އަދި ދަނޑުވެރިކަމަށް ނަން މަޝްހޫރު ތޮއްޑޫއިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އިއްޔެއިން ފެށިގެން ރަށުތެރޭގައި އެފަދަ ވާހަކަތަކެއް ވަނީ ފެތުރިފަ އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި ފަތުރުވެރިޔާއަށް ޖިންސީ ފުރައްސާރަކޮށްފައި ވަނީ އެ ރަށުގައި މޭވާ ހައްދައިގެން ވިއްކާ ވިޔަފާރި ކުރާ ފަރާތެކެވެ. ފަތުރުވެރިޔާއަށް ފުރައްސާރަކޮށްފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ފަތުރުވެރިޔާ މޭވާ ވިއްކާ ފަރާތުގެ އަތުން މޭވާ ގަންނަން އުޅުމުގެ ތެރެއިންނެވެ.

comment ކޮމެންޓް