އޭއެފްސީ ބްރެކެޓް ޗެލެންޖް: ވަރުގަދަ ފައިނަލުގެ ވޯޓުލުން ފަށައިފި

އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ފައިނަލް ---

އޭއެފްސީ އިން ކުރިއަށް ގެންދާ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގެ ފައިނަލްގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

މި ޗެލެންޖުގެ ފައިނަލުގައި ވާދަކުރާނީ ހޮންގްކޮންގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ޗަން ސިއު ކީ އާއި ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އޭއެފްސީ މުބާރާތްތަކުގައި ޖަހައިދިން ހިތްގައިމު ދެ ގޯލެވެ.

https://sun.mv/145895

ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރި އިރު، މި ޗެލެންޖުގައި އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކެވެ. ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ވާދަކުރި އިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާ އެވެ.

އަޝްފާގު ފައިނަލަށް ދަތުރު ކުރީ ވާދަވެރި ސެމީ ފައިނަލް ބުރުގައި ހަނޯއީ އެފްސީގެ ފޯވާޑް ންގުޔެން ކުއެންގް ހައިގެ މައްޗަށް ކުރި ހޯދައިގެންނެވެ. ވޯޓުލުން ނިމުނި އިރު އަޝްފާގު ކުރީގައި އޮތީ 54،68 އިންނެވެ. އޭނާގެ ވާދަވެރިޔާ ންގުޔެން ކުއެންގް ހައިއަށް ލިބިފައި ވަނީ 45.32 ވޯޓެވެ.

ޗެލެންޖުގެ ފައިނަލަށް ޗަން ސިއު ކީވެސް ދަތުރުކޮށްފައިވަނީ ވާދަވެރި ކުރިމަތިލުންތަކަށް ފަހުއެވެ. ފައިނަލުގެ ޖާގަ ޗޭން ޗަން ސިއު ކީ ހޯދާފައިވަނީ ސެމީފައިނަލުގައި ވޯޓުލީ މީހުންގެ 51.61 ޕަސެންޓް ވޯޓު ހޯދައިގެންނެވެ. އޭނާއާ ވާދަކުރި މެލޭޝިއާގެ ސަފާވީ ރާޝިދަށް ލިބިފައި ވަނީ 48.39 ޕަސެންޓް ވޯޓެވެ.

ބްރެކެޓް ޗެލެންޖްގައި ހިމެނޭ އަޝްފާގުގެ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓުގެ ޖާޒީގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް އޭނާ ޖެހި ގޯލެވެ. ދަގަނޑޭ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ނިއު އަށް ޖަހައިދިން އެ ގޯލް ވަނީ އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް މިދިޔަ ޖޫން މަހު ވެސް ހޮވިފަ އެވެ.

އަޝްފާގުގެ ވާދަވެރިޔާ ޗޭން ސިއު ކީ ޖެހި ގޯލަކީ 2015 ވަނަ އަހަރުގެ މުބާރާތުގައި ޕަހަންގް ކޮޅަށް އޭނާ ފޮނުވާލި ގޯލެކެވެ. މެޗުގައި ޖެހި ހަމައެކަނި ގޯލަށް ވެފައި، ޗޭން ސިއު ކީގެ ގޯލަށް ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ.

https://sun.mv/145856

އަޝްފާގާ ދެކޮޅަށް ސެމީ އަދި ކުއާރޓާގައި ވެސް ވާދަވެެރި ދެކުޅުންތެރިން ދިމާވި އިރު، އެ ދެކުޅުންތެރިން ވެސް ވަނީ ވޯޓުލުމަށް ލިބުނު ދެ ދުވަހުގެ ތެރޭގައި އެކި ފަހަރު މަތިން އަޝްފާގަށް ވުރެން ކުރިއަށް ޖައްސާލައިފަ އެވެ. އެހެން ނަމަވެސް ދިވެހިން އަޝްފާގަށް އަޅާލި ވޯޓުތައް އިތުރުކޮށް ޕޯލް ނިމެންވީއިރު އަޝްފާގު ވަނީ ފަރަގު ބޮޑު ކޮށްފަ އެވެ.

ދަގަނޑޭ އަކީ އޭއެފްސީ ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތް ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ. އެއީ ކްލަބް ވެލެންސިއާ، ނިއު އަދި ވީބީ އައްޑޫ އެފްސީ އަށް ޖަހައިދިން 29 ގޯލާ އެކު އެވެ. އެއް ވަނައިގައި އޮތީ 35 ގޯލް ޖަހާފައިވާ ފިލިޕީންސްގެ ސެރެސް-ނެގްރޯސް އަށް ކުޅުނު ސްޕެއިނުގެ ބިއެންވެނިޑޯ މަރަނޯން އެވެ. ލިސްޓުގެ އެއްވަނައަށް އަރަން ދަގަނޑޭއަށް ބޭނުން ވަނީ ހަ ގޯލެވެ.

comment ކޮމެންޓް