ރާއްޖޭގެ ހަތަރު ދާއިރާއެއްގެ އޮފިޝަލުން އިންޑިއާއިން ތަމްރީން ކުރަނީ

ރާއްޖޭ އޮފިޝަލުންނަށް އިންޑިއާއިން ހިންގި ކޯސްތަކެއްގެ ތެރެއިން--

ރާއްޖޭގެ ހަތަރު ދާއިރާއެއްގެ އޮފިޝަލުން އިންޑިއާއިން ތަމްރީން ކުރަން ނިންމައިފި އެވެ.

ތަަމްރީން ކުރަން ނިންމާފައި ވަނީ ކަސްޓަމްސް، އިލެކްޝަން ކޮމިޝަން، އަދި ސިވިލް ސާވިސް ކޮމިޝަން އޮފިޝަލުންނާއި ޓީޗަރުން ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

ރާއްޖޭގެ ކަސްޓަމްސްގެ 24 އޮފިޝަލުންނަށް، އިންޑިއާގެ ފަރީދު އާބާދުގައި ހުންނަ ނެޝަނަލް އެކެޑަމީ އޮފް ކަސްޓަމްސްގައި އިންފޮމޭޝަން އިން އިންޓެލިޖެންސް ގެދަރިން އެނަލިސިސް އެންޑް އެންފޯސްމަންޓާ ބެހޭ ސްޕެޝަލައިޒްޑް އޮންލައިން ޓްރެއިނިން ކޯހެއް މިމަހުގެ 23 - 27 އަށް ހިންގުމަށް ވަނީ ނިންމައިފަ އެވެ.

އިންޑިއާ އިންސްޓްޓިއުޓް އޮފް ޑިމޮކްރަސީ އެންޑް އިލެކްޝަން މެނޭޖްމަންޓާ ގުޅިގެން ރާއްޖޭގެ އިލެކްޝަން ކޮމިޝަންގެ 10 އޮފިސަރުންނަށް މިމަހުގެ 23- 27 އަށް އީ އައިޓެކް ވޯޓާ ރަޖިސްޓްރޭޝަން ކޯހެއްވެސް ހިންގުމަށް ވަނީ ނިންމައިފައެވެ. އެ ކޯހުގައި ވޯޓާސް ރަޖިސްޓްރޭޝަނާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އިތުރުން ލޮޖިސްޓިކްސް އެންޑް އޮޕަރޭޝަނާ ގުޅޭގޮތުން ކިޔަވައިދޭނެއެވެ.

އޭގެ އިތުރުން އިންޑިއާގެ ނެޝެނަލް ސެންޓާ ފޯ ގުޑް ގަވާނަންސް (އެންސީޖީޖީ)އިން ގުޑް ގަވާނަންސްއާ ގުޅޭ ގޮތުން ރާއްޖޭގެ ސިވިލް ސާވަންޓުންނަށް އަމާޒުކޮށްގެން ދެ ދުވަހުން ވޯކްޝޮޕެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ. އެ ކޯސް ތާވަލް ކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހަށެވެެ.

މިދިޔަ ހަފްތާގައި ރާއްޖޭގެ ޓީޗަރުން ތަމްރީންކުރަން ވަނީ ފަސް ސްޕެޝަލައިޑް އޮންލައިން ކޯހެއްވެސް ވަނީ ފަށައިފަ އެވެ. އިންޑިއާގެ ޗެންނާއީގައި ހުންނަ ނެޝެނަލް އިންސްޓްޓިއުޓް ފޯ ޓީޗާސް ޓްރެއިނިން އެންޑް ރިސާޗްގެ ފަރާތުން ހިންގާ އެ ކޯސްތަކުގެ ތެރޭގައި ކޮލިޓީ އެޝުއަރެންސް އިން އޮންލައިން ޓީޗިން، ލާނިން މެނޭޖްމަންޓް ސިސްޓަމްތައް ފަދަ ދާއިރާތައް ހިމެނެެއެވެ.

އިންޑިއާއިން ދާދި ފަހުން ވަނީ ރާއްޖޭގެ އިތުރުން ސިއްހީ ދާއިރާގެ އޮފިޝަލުންނަށް ގުޑް ކްލިނިކަލް ޕްރެކްޓިސްއާއި ގުޑް ކްލިނިކަލް ލެބޯޓަރީ ޕްރެކްޓިސްއާ ގުޅޭ ކޯހެއް ހިންގައިފައެވެ. އެ ޕްރޮގްރާމްގެ ސަަބަބުން ކޮވިޑް-19 ވެކްސިންއަށް ތައްޔާރުވެ އެ ވެކްސިން އެޕްރޫވްވުމާއެކު އެންމެ އެކަށޭނެ ގޮތުގައި ވެކްސިން ދޭން ފެށޭނެކަަމަށް އިންޑިއާގެ އެމްބަސީން ބުންޏެވެ.

comment ކޮމެންޓް