ދޯންޏަކަށް އެރި މީހަކަށް ވައްކަމުގެ ތުހުމަތުގައި އަނިޔާކުރި މައްސަލަ ބަލަނީ

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ދޯންޏަކަށް އެރި މީހަކަށް ވައްކަމުގެ ތުހުމަތުކޮށް އަނިޔާކުރި މައްސަލައެއް، ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މި މަހުގެ 19ވަނަ ދުވަހުގެ ރޭ 7:25 ހާއިރު ހުޅުމާލޭ ކަންނެލި ޖެޓީގައި އޮތް ދޯންޏަކަށް އެރިކަމަށް ބުނާ މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ.

އެމީހާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އެ ވީޑިއޯއިން ބަޔަކު އޭނާއާ ސުވާލުކުރާ މަންޒަރާއި ދޯންޏަށް ވައްޓާލުމަށްފަހު އަނިޔާކުރާ މަންޒަރު ފެނެ އެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާކަން ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން އަދި މިހާތަނަށް ހާމައެއް ނުކުރެ އެވެ.

comment ކޮމެންޓް