ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރާނެ ގޮތް އުރީދޫ އިން ކިޔައިދެނީ ދިވެހި ފޯކްލޯ ބޭނުންކޮށްގެން

"ރައްކާތެރިކަން" ނަމުގައި އުރީދޫ މޯލްޑިވްސް އިން އިންޓަނެޓް ސޭފްޓީ އެވެއާނެސްް ކެމްޕެއިނެއް ފަށައިފިއެވެ.

ދިވެހި ފޯކްލޯ ކެރެކްޓާސްތަކާއެކު އުރީދޫ އިން ދަނީ ސޯޝަލް މީޑިއާގައި، ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރާނެ ގޮތް ކިޔައިދެމުންނެވެ.

އެގޮތުން މިހާތަނަށް މާކުންްބެ އާއި ފޫޅުދިގުހަންޑި އަދި ސަންތިމަރިޔަނބާއި ދޮންހިލައާއި އަލިފުޅު ވަނީ ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ ވާހަކަތައް ކިޔައިދީފައެވެ.

އުރީދޫ އިން ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު ޕޯސްޓު ކުރާ މި އެވެއާނެސް ޕޯސްޓުތަކުގައި ކިޔައިދެނީ އިންޓަނެޓުގައި ޕޯސްޓުކުރާ އެއްޗެއްސާމެދު ސަމާލުވާންޖެހޭ ކަމާއި ޕްރައިވެސީ އަދި ސޭފްޓީ މެޝާސްތަކާ ގުޅޭ ވާހަކަތަކެވެ.

އެގޮތުން އޯޓީޕީ އެހެން މީހުންނާ ހިއްސާ ނުކުރުމުގެ މުހިއްމުކަމާއި ޕާސްވޯޑުގެ ސިއްރު ހިފެހެއްޓުމާއި އިންޓަނެޓުގައި އާންމު ކުރާ އަމިއްލަ ޒާތީ މައުލޫމާތަށް ސަމާލުވުމާ ގުޅޭ ވާހަކަތައް އުރީދޫ އިން ދަނީ ކިޔައިދެމުންނެވެ. އަދި އިންޓަނެޓުން ފެންނަ އެއްޗެހި އެހެން މީހުންނާ ހިއްސާކުރުމުގެ ކުރިން އޭގެ ތެދު ދޮގު ޔަގީން ކުރުމުގެ މުހިއްމުކަންވެސް އެ ކުންފުނީގެ ޕޯސްޓުތަކުގައި ކިޔައިދެއެވެ.

އުރީދޫ އިން ބުނީ މި ކެމްޕެއިނަށް ހާއްސަ ޕޯސްޓު ކޮންމެ ހަފްތާއެއްގެ އަންގާރަދުވަހު އާންމު ކުރާނެ ކަމަށެވެ.

ރައްކާތެރިކަން ކެމްޕޭނުގެ ދަށުން އުރީދޫ އިން ވަނީ އިންޓަނެޓް ސޭފްޓީ އާއި ގުޅޭ ވީޑިއޯ އެއްވެސް އާންމުކޮށްފައެވެ.

comment ކޮމެންޓް