"ޓައިގާ ކިންގް" ޖަނަވާރުންނަށް އަނިޔާކުރާ ކަމުގެ ތުހުމަތު

ޓައިގާ ކިންގްގެ ނަމުން މިހާރު މަޝްހޫރު ވެފައިވާ ޖެފް ލޯ ---

ނެޓްފްލިކްސްގެ މަޝްހޫރު ޑޮކިއުމެންޓްރީ ކަމަށްވާ "ޓައިގާ ކިންގް"ގެ ޖެފް ލޯ، ބަލަހައްޓާ ޒޫގައި ހިމެނޭ ޖަނަވާރުންނަށް އަނިޔާއާއި ގެއްލުން ދޭ ކަމުގެ ތުހުމަތު އެމެރިކާ ސަރުކާރުން ކޮށްފިއެވެ.

ލޯ އާއި އޭނާގެ އަންހެނުން ލޯރެން، ދެމީހުން ވެގެން ޒޫގައި ތިބޭ ސިންގާ އާއި މިނިކާ ވަގުތަކަށް އަނިޔާކޮށް ގެއްލުންދޭ ކަމުގެ ދައުވާ ވަނީ އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޖަސްޓިސް އިން އުފުލާފައެވެ.

އެ މައްސަލައާ ގުޅިގެން ޖެފް ވަކި ބަހެއް މިހާތަނަށް ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ޖެފް އަށް ވަނީ އެފަދަ ޒާތުގެ ތުހުމަތުތަކެއް މީގެކުރީންވެސް ރައްދުވެފައެވެެ. އެހެންނަމަވެސް އޭނާ ވަނީ އެކަންތައްތަކަށް ދެކޮޅު ހަދާފައެވެ.

ޖެފްގެ ކުރީގެ ބިޒްނަސް ޕާޓްނަރު ޖޯ އެގްޒޮޓިކްގެ އަތުން ޒޫ ގަނެފައިވަނީ 2016 ވަނަ އަހަރުގައެވެ.

ޑިޕާޓްމެންޓް އޮފް ޖަސްޓިސް އިން ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ވާނީ ޖެފް އާއި އޭނާގެ އަންހެނުން ލޯރެންއާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައި ކަމަށެވެ. އެ މައްސަލައިގައި ގާނޫނާ ހިލާފަށް ޖަނަވާރުން ގެންގުޅުމާއި އެ އެއްތަނުން އަނެއް ތަނަށް ބަދަލު ކުރި ކަމަށް ދައުވާކޮށްފައިވާނެ ކަމަށް އެ ޑިޕާޓްމެންޓުން ބުނެއެވެ. އެ ޖަނަވާރުންގެ ތެރޭގައި ސާރިދޯޅާއި ސިންގާ އާއި މިނިކާ ވަގުގެ އިތުރުން ލީމާސް ވެސް ހިމެނެއެވެ.

comment ކޮމެންޓް