އިންޑިއާގައި ތުއްތު އަންހެން ކުއްޖަކު ރޭޕް ކުރުމަށްފަހު ހަށިގަނޑު ފަޅާލައިގެން އެކުއްޖާގެ ޗިސްމޭ ވަގަށް ނަގައިފި

އުއްތުރާ ޕްރަދޭޝް (ނޮވެމްބަރު 19) : އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތުރާ ޕްރަދޭޝްގައި ތުއްތު އަންހެން ކުއްޖަކު ރޭޕް ކުރުމަށްފަހު ހަށިގަނޑު ފަޅާލައިގެން އެކުއްޖާގެ ޗިސްމޭ ވަގަށް ނަގައިފިއެވެ.

އުއްތުރާ ޕްރަދޭޝް ގެ ފުލުހުން ބުނިގޮތުގައި މިޖަރީމާތަށް ހިންގާފައިވަނީ ދެ ފިރިހެނަކު ގުޅިގެންނެވެ. އެދެމީހުން ހޯދައި ހައްޔަރުކުރުމަށްފަހު އެދެމީހުންގެ އިއުތިރާފުތަކުން އެނގުނު ގޮތުގައި ތުއްތު ކުއްޖާ ރޭޕްކޮށް މަރާލުމަށްފަހު އެކުއްޖާގެ ހަށިގަނޑު ފަޅާލައި މޭގަނޑު ނެގީ އެދެމީހުންގެ ތެރެއިން އެކެއްގެ ބޮޑުބޭބެގެ އެދުމުގެ މަތިންނެވެ.

ބޮޑުބޭބެ ކުޑަ ކުއްޖެއްގެ މޭގަނޑު ބޭނުންވީ ސިހުރު ހަދަންކަމަށާއި މޭގަނޑު ބޭނުންކޮށްގެން ސިހުރު ހަދަނީ ބޮޑުބޭބެއަށް ދަރިއަކު ނުލިބޭތީ ދަރިން ހޯދުމަށްޓަކައި ކަމަށްވެސް އެދެމީހުންގެ އިއުތިރާފުތަކުން ހާމަވާކަމަށް އުއްތުރާ ޕްރަދޭޝް ގެ ފުލުހުން އިނިސްޕެކްޓަރެއް ކަމަށްވާ ޕްރީޖީސް ސިރިވަސްތަވާ ވިދާޅުވިއެވެ. މި އިއުތިރާފް އާ ގުޅިގެން މި ބޮޑުބޭބެ އާއި އޭނާގެ އަނބިމީހާވެސް ހައްޔަރު ކުރުމަށްފަހު ފުލުހުން ގެންދަނީ އެދެމީހުންނާ ސުވާލުކުރަމުންނެވެ.

ހަތް އަހަރުގެ ތުއްތު އަންހެން ކުއްޖާ ރޭޕްކޮށް މަރާލައި އަދި އެކުއްޖާގެ މޭގަނޑު ނެގުމުގެ ޖަރީމާތަށް ހިންގިކަމަށްވަނީ އުއްތުރާ ޕްރަދޭޝްގެ ރަށްފުށުގެ ވިލެޖެއްކަމަށްވާ ކަންޕޫރު ނަގަރު ގައެވެ. މި ޖަރީމާތަށް ހިންގި ދެ މީހުން ކުށަށް އިއުތިރާފުވެފައިވާތީ މިދެމީހުންގެ މައްސަލައިގެ ތަހްގީގު ވަރަށް އަވަހަށް ނިންމައި ދައުވާކުރަން ފޮނުވާނެކަމަށް ސިރިވަސްތަވާ ވިދާޅުވިއެވެ.

އިންޑިއާއަކީ ކުޑަކުދިންނާއި އަންހެނުން ރޭޕްކުރުމުގެ ޖަރީމާތަށް މުޅި ދުނިޔެއަށް ބަލާއިރުވެސް އެންމެ ގިނައިން ހިންގާ އެއް ގައުމެވެ. މިޖަރީމާތަށް އިންޑިއާގައި ގިނައިން ހިންގަނީ ރަށްފުށުގެ ވިލެޖްތަކުގައި ކަމަށްވިޔަސް ސިޓީތަކާއި ސެމީ އާބަން ސަރަހައްދުތަކުގައިވެސް ރޭޕްގެ ޖަރީމާތަށް ވަރަށް ގިނައިން ހިންގައެވެ. ރޭޕްގެ ޖަރީމާތަށް ހިންގުމަށްފަހު އެޖަރީމާގެ ޝިކާރައަކަށްވާ ފަރާތްތަށް މަރާލުމުގެ ހާދިސާތަށްވެސް އިންޑިއާގައި އިންތިހާއަށް ގިނައެވެ.

އިންޑިއާއަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް އަންހެނުންނަށް އެންމެ ނުރައްކާ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅޭ ގައުމެކެވެ. އިންޑިއާގައި ހިންގާ ރޭޕްކޭސްތަކުގެ ތެރެއިން ރިޕޯޓް ކުރެވެނީ ތިންބައިކުޅަ އެއްބަޔަށްވުރެވެސް މަދުއަދަދެއްގެ ރޭޕްކޭސް ކަމަށް ރިޕޯޓްތަށް ބުނެއެވެ. އިންޑިއާގައި ރޭޕްގެ ޖަރީމާތަކަށް އޮންނަ އަދަބަކީ މަރުގެ އަދަބެެވެ. (ސީއެންއެން)

ގުޅޭ ޓެގު
comment ކޮމެންޓް