އޭއެފްސީ ބްރެކެޓް ޗެލެންޖް: ކުއެޓް ބަލިކޮށް އަޝްފާގު ސެމީއަށް

އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އިންޑިއާގެ އައިޒޯލް އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން: 3-1ގެ ނަތީޖާއަކުން މެޗު ކާމިޔާބް ކުރީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭއެފްސީ އިން ކުރިއަށް ގެންދާ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގެ ކުއާޓާ ފައިނަލުގައި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ވިއެޓްނާމުގެ އެންގުޔެން ވެން ކުއެޓްގެ ކުރިމަތިލުން އަޝްފާގު ކާމިޔާބުކޮށްފި އެވެ.

އޭއެފްސީ މިހާރު ކުރިއަށްގެންދާ ބްރެކެޓް ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރާ އިރު، މި ޗެލެންޖުގައި އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކެވެ. ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ވާދަކުރާ އިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާ އެވެ.

މި ޗެލެންޖުގެ ކުއާރޓާ ފައިނަލުގެ ކުރިމަތިލުމުގެ ވޯޓްނެގުން މިހާރު ނިމިފައިވާ އިރު، ދަގަނޑޭއާ ވާދަކުރީ ހަނޯއީ އެފްސީއަށް 2017 ވަނަ އަހަރު ކުއެޓް ޖެހި ސިޒާ ކިކް ގޯލެވެ. އަނެއް ގޯލަކީ ނިއުރޭޑިއަންޓާއި އިންޑޮނޭޝިއާގެ ޕާސިބޯ ބައްދަލު ކުރި މެޗުގައި އަޝްފާގު ޖެހި ހިތްގައިމު ގޯލެކެވެ. މުހައްމަދު އުމޭރު ދިން ބޯޅަ ލިބިގަނެ ބާރު ސްޕީޑްގައި އިދިކޮޅު ޓީމުގެ އޭރިއާ ތެރެއަށް ވަންނަން ދިޔައިރު ފަހަތުން ޕާސިބޯގެ ތިން ޑިފެންޑަރަކާއި ޕާސިބޯގެ ގޯލްކީޕަރު ކައިރިން ބޭނުން އެއްޗެއް ހަދާފައި ދަގަނޑޭ އެ ބޯޅަ ގޯލަށް ވައްދާލީ "ޗިޕަކުން"ނެވެ.

މީގެކުރިން އެ އިދާރާގެ ޕޭޖުން ހިންގާ އެންމެ ރީތި ސޯލޯ ގޯލް ޗެލެންޖުގެ އެއްވަނަ، ވޯޓުލީ މީހުންގެ ބޮޑު ތާއީދަކާ އެކު އަޝްފާގުގެ މިގޯލު ވަނީ ހޯދައިފަ އެވެ.

އެހެން ބުރުތަކާ ޙިލާފަށް ކުއާރޓާގައި އަޝްފާގަށް ލައްވާލީ ވާދަވެރިކަން ބޮޑު ކުޅުންތެރިއަކާ އެވެ. ވޯޓުލުން ހުޅުވާލިތާ ދެ ގަޑިއިރު ތެރޭ އެންގުއެން ވެން ކުއެޓް ވަނީ ބޮޑު ލީޑެއް ނަގައިފަ އެވެ. އެހެން ނަމަވެސް އަޝްފާގު އަލުން އަނބުރާ އެއް ދުވަސްތެރޭ ލީޑު ނެގި އިރު، ޕޯލްގެ ފަހު ވަގުތުކޮޅަށް ދިޔައިރު ދެ ކުޅުންތެރިންގެ ދެމެދުގައި އޮތީ އެންމެ އިންސައްތައެއްގެ ތަފާތެވެ.

މި ޗެލެންޖުގެ ވޯޓުލުން މިއަދު 1:00 ޖަހާއިރު ނިމުނު އިރު، އަޝްފާގު ޕޯލް ކާމިޔާބު ކުރީ 51.45 އިންސައްތައިންނެވެ. އޭނާއާ ވާދަކުރި އެންގުޔެން ވެން ކުއެޓްއަށް ލިބިފައިވަނީ 48:55 އިންސައްތަ ވޯޓެވެ.

އަޝްފާގަށް މި ޗެލެންޖް ކާމިޔާބުކޮށްދިނުމަށް ގިނަ އަދަދެއްގެ މަޖިލީސް މެމްބަރުންނާއި، ސިޔާސީ އަދި އެހެނިގެން ފަރާތްތަކުން ވެސް ގަދަޔަށް ކެމްޕޭން ކޮށްދީފަ އެވެ.

މި ކޮމްޕެޓިޝަނުގެ ސެމީ ފައިނަލުގައި އަޝްފާގާ ދެކޮޅަށް ވާދަކުރާނީ ހަނޯއީ އެފްސީގެ ފޯވާޑް އެންގުއެން ކުއެންގް ހައި މިދިޔަ އަހަރުގެ އޭއެފްސީ މުބާރާތުގައި ކާމިޔާބު ކުރި ގޯލެވެ.

comment ކޮމެންޓް