ފްރެންޑްސްގެ ރީޔޫނިއަންގެ ޝޫޓިން އަންނަ އަހަރުގެ މާޗުގައި

ފްރެންޑްސްގެ މަންޒަރެއް--

ދިވެހިންނަށް އަދިވެސް ކަމުދާ ޓީވީ ޝޯއެއް ކަމަށްވާ "ފްރެންޑްސް"ގެ ލީޑު ކާސްޓުންނާއެކު ގެނެސްދޭ އެ ޝޯގެ ހާއްސަ "ރިޔޫނިއަން" އެޕިސޯޑުގެ ޝޫޓިން އަންނަ އަހަރުގެ މާޗު މަހު ޝޫޓްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެންމެ ފުރަތަމަ ފްރެންޑްސް ރީޔޫނިއަން އެޕިސޯޑުގެ ޝޫޓިން ފަށަން ނިންމީ މިދިޔަ މެއި މަހު އެވެ. ނަމަވެސް ކޮވިޑް19 އާ ގުޅިގެން އެކަމަށް ތަންނުދިނީއެވެ. ފްރެންޑްގެ ލީޑު ތަރި މެތިއު ޕެރީ ކުރި ޓްވީޓެއްގައި ބުނީ މާޗު މަހުގެ ކުރީކޮޅު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހު ޝޯގެ ހާއްސަ "ރިޔޫނިއަން" އެޕިސޯޑެއް ގެނެސްދޭނެކަމުގެ އުފާވެރި ހަބަރު އެ ޝޯ އުފައްދާ، އެޗްބީއޯއިން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ކޮރޯނާވައިރަހާއެކު ފިލްމީ މަސައްކަތްތައް ވެސް އެއްކޮށް ހުއްޓުމަކަށް އައީ އެވެ.

ޝޯގެ ލީޑް އެކްޓަރުންނަކީ ޖެނިފާ އެނިސްޓަން. ކޯޓްނީ ކޮކްސް، ލީސާ ކުޑްރޯ، މެޓް ލެބްލޮންކް، މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމާ އެވެ. އެކުގައި ދިރިއުޅޭ ހަ ރަހުމަތްތެރިންގެ ދިރިއުޅުން ދައްކުވައިދޭ އެ ސީރީޒްގައި ހުރިހާ ރަހަތަކެއް އެކުލެވިގެންވެ އެވެ.

ޖުމްލަ 10 ސީޒަން ދައްކާފައިވާ ފްރެންޑްސް ދައްކާފައިވަނީ 1994 އިން 2004 އަށެވެ.

comment ކޮމެންޓް