މަރުވި ބަންގްލަދޭޝް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ، ކޮވިޑް މަރެއްތޯ ބަލަނީ

ސަން ފޮޓޯ: ފަޔާޒު މޫސާ

މަރުވެގެން ހުޅުމާލެ ހޮސްޕިޓަލަށް ބަންގްލަދޭޝް ރައްޔިތަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވާތީ، އެއީ ކޮވިޑް މަރެއްތޯ ބަލަމުން އަންނަ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

މަރުވެފައި ވަނީ 43 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެޗްއީއޯސީން ބުންޏެވެ.

ނަމަވެސް ޕްރޮޓޮކޯލްގެ ދަށުން އޭނާގެ ޕިސީއާރް ޓެސްޓުކޮށްފައިވާ ކަމަށާއި އަދި ނަތީޖާ ލިބުނު އިރު އޭނާ ކޮވިޑަށް ޕޮޒިޓިވް ކަމަށް އެޗްއީއޯސީން ބުންޏެވެ.

އެހެންކަމުން އޭނާ މަރުވީ ކޮވިޑްގެ ސަބަބުންތޯ ބެލުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން 39 މީހަކު ވަނީ މަރުވެފައެވެ. ކޮވިޑް ފެތުރެން ފެށި ފަހުން، މަރުވި ބައެއް މީހުން ޕީސީއާރް ޓެސްޓުކުރުމުން ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް، މަރުގެ އަސްލު ސަބަބަކީ ކޮވިޑް ނޫންކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް