ކްރޫ މެންބަރެއް ޕޮޒިޓިވްވުމާއެކު ހެރީ ސްޓައިލްސް ކަރަންޓީނަށް

މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް---

މަޝްހޫރު ބޭންޑް ވަންޑް ޑިރެކްޝަންގެ ތަރި ހެރީ ސްޓައިލްސް ފެނިގެންދާ ހޮލީވުޑް ފިލްމު "ޑޯންޓް ވޮރީ ޑާލިން"ގެ ތަރިއަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ފިލްމުގެ ޓީމު މެންބަރުން ކަރަންޓީންވާންޖެހިއްޖެއެވެ.

ޚަބަރުތައް ބުނާގޮތުގައި ފިލްމުގެ މަސައްކަތް މިދިޔަ މަހު ފެށިގެން ކުރިއަށް ދަނިކޮށް ތަރިއަކު ޕޮޒިޓިވްވުމާ ގުޅިގެން މިވަގުތަށް ޝޫޓިން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ހެރީ ހިމެނޭ ގޮތަށް ޓީމު މެންބަރުން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނަށް ލާފައިވާކަމަށެވެ. ސައިކޮލިޖޮކަލް ތްރިލާގެ ޖޯންރާ އަށް މި ފިލްމު ތައްޔާރުކުރާއިރު މި ފިލްމަކީ އޮލިވިއާ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ.

ވަން ޑިރެކްޝަނުން މަޝްހޫރުވި ކުޅަދާނަ ލަވަކިޔުންތެރިޔާ ހެރީ ވަނީ މީގެ ކުރިންވެސް ހޮލީވުޑް ބައެއް ފިލްމުތަކުގައި ހަރަކާތްތެރިވެފައެވެ. 2015 ވަނަ އަހަރު ވަން ޑިރެކްޝަން ބޭންޑު މެންބަރުން ބްރޭކެއް ނެގުމަށްފަހު ވަނީ އެ ބޭންޑް މެންބަރުންގެ ސޯލޯ ހުށައެޅުންތަކަށް ބޮޑަށް ފޯކަސް ކޮށްފައެވެ. ބްރޭކް ނެގިއިރު އަލުން ބޭންޑް އެނބުރި އަންނާނެ ކަމުގެ ޔަގީންކަން ބޭންޑް މެންބަރުން ވަނީ ދީފައެވެ.

comment ކޮމެންޓް