ހެންވޭރު ގަރާޖެއްގައި ރޯވި އަލިފާން ފުލުހުން ދިޔައިރު ނިއްވާލައިފި

މާލެ ސިޓީގެ އިމާރާތްތަކެއް -- ފޮޓޯ/ އަލާމީ

މާލޭ ހެންވޭރުގައި ހުރި ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ފުލުހުން ބުނީ ހ. އޮއޭސިސް ވިއު ގައި ހުންނަ ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ އަލިފާނުގެ ހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 4:10 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

އަލިފާން ރޯވި ސަރަހައްދަށް ފުލުހުން ދިޔަ އިރު އެ އަލިފާންގަނޑު ވަނީ ނިއްވާލާފައި ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް މިހާރު ބަލަން ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް