ވަޓްސް އެޕް ބޭނުންކޮށްގެން ޕޭމެންޓް ހެދޭ "ވަޓްސް އެޕް ޕޭ" އިންޑިއާގައި ތައާރަފުކޮށްފި އެވެ.
އިންޑިއާ ގައި އެންމެ މަގުބޫލު އެއް އެޕްލިކޭޝަން ވަޓްސް އެޕް މެދުވެރިކޮށް ޕޭމެންޓް ހެދޭނެ ނިޒާމު ގާއިމްކޮށްފައިވަނީ އެގައުމުނެ ނެޝަނަލް ޕޭމެންޓް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާ ގުޅިގެން ޔުނިފައިޑް ޕޭމަންޓް އިިންޓަފޭސް (ޔޫޕީއައި) ބޭނުން ކޮށްގެންނެވެ.
މިހާރު ޔޫޕީއައި ސަޕޯޓެޓް އެޕްލިކޭޝަން ބޭނުންކޮށްގެން އިންޑިއާގައި ވަޓްސް އެޕް މެދުވެރިކޮށް ފައިސާ ފޮނުވައި ޕޭމެންޓްް ހެދޭނެއެވެ. މި ހިދުމަތް ފުޅާ ކުރުމަށް ވަޓްސް އެޕް އިން ދަނީ އިންޑިއާގެ ބޮޑެތި ބޭންކުތަކާއެކު މަސައްކަތް ކުރަމުންނެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއިއައިސީއައިސީއައި ބޭންކް،އެޗްޑީއެފްސީ ބޭންކް، އެގްޒިސް ބޭންކް އަދިޖިއޯ ޕޭމެންޓްސް ބޭންކާއެކު ވަޓްސް އެޕް އިން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ހިދުމަތް ހޯދާނަމަ އިންޑިއާގައި ބޭންކް އެކައުންޓަކާއި ޑެބިޓް ކާޑެއް އޮންނަން ޖެހެއެވެ.
މި ހިދުމަތުގެ ސެކިޔުރިޓީ ދެމެހެއްޓުމަށް ކޮންމެ ޓްރާންސެކްަނަކަށް ހާއްސަ ޔޫޕީއައި ޕިން އެއް ޖަހަން ޖެހެ އެވެ. އެންމެ ފަހުގެ އެންޑްރޮއިޑް އަދި އައިފޯނުތަކަށް މިހާރު މި ހިދުމަތް ލިބޭނެ އެވެ.
ވަޓްސް އެޕް އިން ބުނީ މިއީ ފަގީރު ހިސާބުތަކަށް ޑިޖިޓަލް ޕޭމަންޓު ހިދުމަތް ފުޅާ ކުރުމަށް ކުރާ މަސައްކަތަށް މުހިއްމު ފިޔަވަޅެެއް ކަމަށެވެ.