ޑޫޑްލްގެ އާ ފިހާރައެއް ހުޅުވައިފި، ސްޓޭޝަނަރީ އާއި އާޓް ސަޕްލައިޒްގެ އާ ތަޖުރިބާއެއް

ޑޫޑުލްގެ އާ ފިހާރަ: މި ފިހާރަ ތަފާތު ތަޖުރިބާއަކަށް ވާނެ -- ފޮޓޯ/ ޑޫޑުލް

ފެންވަރު ރަނގަޅު ސްޓޭޝަނަރީ އާއި އާޓް ސަޕްލައިޒް ރާއްޖެ އެތެރެކޮށް ވިއްކާ ޑޫޑްލް ކްރާފްޓް އެންޑް ސްޓޭޝަނަރީގެ އާ ފިހާރައެއް މިއަދު މާލޭގައި ހުޅުވައިފި އެވެ.

ލިލީމަގު، ދިވެހި އިންޝުއަރެންސް ކުރިމަތިންވާ ގޮތަށް ހުންނަ މި ފިހާރައިގެ އެންމެ ތަފާތު އެއް ކަމަކީ، އެހެން ސްޓޭޝަނަރީ އަދި އާޓް/ކްރާފްޓް ސަޕްލައި ވިއްކާ ތަންތަނަށް ވުރެ ތަފާތު، ޒަމާނީ ވައްޓަފާޅިއަކަށް ތަން ފަރުމާކޮށްފައިވުމެވެ. އެގޮތުން، މުޅި ތަނުގެ ފަރުމާ ބައްޓަންކޮށްފައި ވަނީ، ވީހާ ވެސް ބޮޑަށް ހުޅުވާލެވިފައިވާ ގޮތަށް، ލޮޅުގައި އަޅައިގަންނަ ފަދަ ސިފަތައް ހިމަނައިގެންނެވެ.

"ގިނަ އެއްޗެހިތަކެއް އެއް ތަނަކަށް ގެނައުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ވިސްނުމަކީ، ފެންވަރާ މެދު ޝައްކު ނުވާނެ ވަރުގެ ރަނގަޅު ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދިނުން. ހަމަ އެއާ އެކު، ސްޓޭޝަނަރީ އަދި އާޓް/ކްރާފްޓް ސަޕްލައި ވިއްކުމުގައި މިހާރު ގެންގުޅޭ އުސޫލު ބަދަލުކޮށް، ކަސްޓަމަރުންގެ ބޭނުންތަކަށް ފޯކަސްކޮށްގެން ކުރާ ތަފާތު އެކްސްޕީރިއަންސެއް ފޯރުކޮށްދިނުން. ކުރިއަށް އޮތް ތަނުގައި ވެސް ކަސްޓަމަރުންނަށް އެ ތަފާތު ފެނިގެންދާނެ،" ޑޫޑްލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޑޫޑުލްގެ އާ ފިހާރަ: މި ފިހާރަ ތަފާތު ތަޖުރިބާއަކަށް ވާނެ -- ފޮޓޯ/ ޑޫޑުލް

މިއީ، މީގެ ފަސް އަހަރުދުވަސް ކުރިން ފެށި ޑޫޑްލްގެ ވިޔަފާރީގެ ތެރެއިން ހުޅުވި ދެވަނަ ފިހާރަ އެވެ. ފެންވަރު ރަނގަޅު، އޮރިޖިނަލް ތަކެތި ވިއްކުމުގައި މަގުބޫލުކަން ހޯދާފައިވާ ޑޫޑްލްގެ ދެވަނަ ފިހާރަ ހުޅުވާފައި ވަނީ، މުޅިން އާ ބްރޭންޑްތަކެއްގެ ތަކެއްޗާ ވެސް އެކު އެވެ. އޭގެ ތެރޭގައި، ދުނިޔޭގެ ނަން މަޝްހޫރު އަދި އާޓް ކްރާފްޓް ފަދަ އުފެއްދުންތެރި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި މަގުބޫލް ބްރޭންޑްތައް ހިމެނެ އެވެ.

"އަޅުގަނޑުމެން ވިއްކާ ކޮންމެ ޕްރޮޑަކްޓެއް ވެސް ހިޔާރުކުރަނީ އެ އެއްޗެއްގެ ކޮލިޓީ ދެނެގަނެ، އެއީ އެ ބްރޭންޑުގެ ވެސް ސައްހަ، އޮރިޖިނަލް އެއްޗެއްތޯ ޔަގީންކުރުމަށް ފަހު. އަލަށް ގެނައި ޕްރޮޑަކްޓްތަކަކީ ވެސް އެގޮތުން ފާހަގަކޮށްލެވޭ ތަކެތި،" އޮފިޝަލް ފާހަގަކުރެއްވި އެވެ.

ޑޫޑުލްގެ އާ ފިހާރަ: މި ފިހާރަ ތަފާތު ތަޖުރިބާއަކަށް ވާނެ -- ފޮޓޯ/ ޑޫޑުލް

ޑޫޑްލްގެ ދެވަނަ ފިހާރަ ހުޅުވުން ފާހަގަކުރުމުގެ ގޮތުން، ފުރަތަމަ ހަފްތާގައި އާ ފިހާރަ އިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް 10 ޕަސެންޓް ޑިސްކައުންޓް ދޭ ޕްރޮމޯޝަނެއް ވެސް ވަނީ މިއަދު ފަށާފަ އެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެކަކަށް 2،000 ރުފިޔާގެ ގެ ވައުޗަރެއް ވެސް ލިބޭނެ އެވެ.

comment ކޮމެންޓް