އެމްވީއެކްސް އިން ރާއްޖޭގެ ބާޒާރަށް މިފަހަރު ތައާރަފު ކުރީ ކޮލެޓީ ޖޫހެއް

ތުރުކީގެ އޮޑެރޯ ބްރޭންޑުގެ ޖޫސް---

ތުރުކީގެ އޮޑެރޯ ބްރޭންޑުގެ ޖޫސް އެމްވީއެކްސް އިން ރާއްޖޭގެ ބާޒާރަށް ތައާރަފު ކޮށްފި އެވެ.

އޮޑެރޯ ބްރޭންޑުގެ ޖޫހުގެ ހަ ފްލޭވާ އެއް މިވަގުތު ރާއްޖޭގެ ބާޒާރަށް ނެރެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އޮރެންޖު، ޕައިންއެޕަލް، ކޮކްޓެއިލް، މެންގޯ އަދި އެޕަލްގެ އިތުރުން ގޯވާ އެވެ.

އެމްވީއެކްސް އިން ވަނީ އޮޑެރޯ ޖޫހުގެ އެއްލީޓަރު އަދި 200 އެމްއެލްގެ ޖޫސް ރާއްޖޭގެ ބާޒާރަށް ނެރެފަ އެވެ. އެއް ލީޓަރު ޖޫސް ކޭހެއްގެ އަގަކީ 250 ރުފިޔާ އެވެ. ދުއިސައްތަ އެމްއެލް ޖޫސް ކޭހުގެ އަގަކީ 160 ރުފިޔާ އެވެ. އެއް ލީޓަރު ކޭހެއްގައި 12 ޕެކެޓު އަދި 200 އެމްއެލްގެ ކޭހެއްގައި 27 ޕެކެޓު އިންނާނެ އެވެ.

މިއީ އާޓިފިޝަލް ފްލޭވަރިން އެއް އެކުލެވިގެން ނުވާ، ކޮލެޓީ އަދި އަނގަޔަށް މީރު އަގުހެޔޮ ޖޫހެކެވެ. މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގެ ބާޒާރަށް ނެރުނު މި ޖޫސް ކުރިއަށް އޮތްތަނުގައި މާލެ ސަރަހައްދުގެ ރީޓެއިލް ފިހާރަތަކުން ގަންނަން ލިބޭނެ އެވެ.

ތުރުކީގެ އޮޑެރޯ ބްރޭންޑުގެ ޖޫސް

އެމްވީއެކްސް އިން ވަނީ އޮޑެރޯ ބްރޭންޑުގެ ކުޑަކުދިންނަށް ހާއްސަ ޖޫސް ޕެކެޓުވެސް ރާއްޖޭގެ ބާޒާރަށް ނެރެފަ އެވެ.

އެމްވީއެކްސް އިން ވަނީ މީގެ ކުރިންވެސް އަގުހެޔޮ ކޮލެޓީ އަދި ސިއްހަތަށް ފައިދާހުރި ކާބޯތަކެތީގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެފަ އެވެ.

comment ކޮމެންޓް