އެއް މިލިއަން ކޮޕީ ވިއްކި ފުރަތަމަ އަލްބަމް އަށް "ފޯކްލޯ"

ޓޭލާ ސްވިފްޓްގެ އާ އަލްބަމްގެ ޕްރޮމޯޝަން ފޮޓޯއެއް --- ފޮޓޯ : ޓޭލާ ސްވިފްޓް

އެމެރިކާގައި މިއަހަރު އެއް މިލިއަން ކޮޕީސް ވިއްކި ފުރަތަމަ އަލްބަމް އަށް ޓޭލާ ސްވިފްޓްގެ "ފޯކްލޯ" ވެއްޖެ އެވެ.

ޕޮޕް ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ މިއަހަރުގެ އަލްބަމް އަކީ ކުރީން އިތުރު ޕްރޮމޯޝަންތަކަކާ ނުލައި ރިލީޒްކޮށްފައިވާ އަލްބަމް އެކެވެ. އެގޮތުން މިހާރު އެ އަލްބަމް ވަނީ އެމެރިކާގެ ބިލްބޯޑްސްގެ އެއްވަނައަށް އަރާފައެވެ.

ބިލްބޯޑްސް އިން ބުނާގޮތުގައި މިދިޔަ ހަފްތާގައި އެކަނިވެސް އެ އަލްބަމްގެ 57،000 ކޮޕީ ވިކިފައިވާ ކަމަށެވެ. އެއާއެކު އެ އަލްބަމްގެ ވިކިފައިވާ ކޮޕީގެ އަދަދު 1.038 އަށް ވަނީ އަރާފައެވެ.

ފޯކްލޯއަކީ ޓޭލާ ސްވިފްޓްގެ މިއުޒިކް ކެރިއަރުގައި އޭނާއަށް އެންމެ ރަނގަޅު ރިވިއު ލިބިފައިވާ އަލްބަމް އެވެ. އެހެންކަމުން އަންނަ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގްރެމީ އެވޯޑްސް ހަފްލާގައި އޭނާއަށް ގިނަ ދާއިރާތަކުން ނޯމިނޭޝަން ލިބިގެންދާނެ ކަމަށް ދަނީ ވާހަކަދެކެވެމުންނެވެ.

މިއީ ޓޭލާ އަށް އެފަދަ ބޮޑު ކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން އޭނާ މީގެ ކުރީން ނެރުނު ނުވަ އަލްބަމް އެއްގެ އެއް މިލިއަނަށްވުރެ ގިނަ ކޮޕީ ވަނީ ވިކިފައެވެ.

comment ކޮމެންޓް